logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ގައުމުގެ މައްސަލަތައް ހައްލުވާން އޮތީ ނަފްސަށް ތެދުވެރިވެގެން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 05 ޑިސެމްބަރު 2025 - 08:39

ގައުމުގެ މައްސަލަތައް ހައްލުވާން އޮތީ ނަފްސަށް ތެދުވެރިވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި، އާންމު އިޖުތިމާޢީ އެކި ދާއިރާތަކުން ރައްޔިތުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި، އެމަނިކުފާނާ ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މިވަގުތު ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން ވަކީން ޚާއްޞަކޮށް، މަސްތުވާތަކެތީގެ މައްސަލައާއި، ޤަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިތުރުން ޝަރުޢީ އިމުގެ ތެރެއިންވެސް މިކަންކަމަށް ޙައްލު ހޯއްދެވުމަށް ކުރައްވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ.

މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެއްޖެ މީހެއްގެ ޙުކުމަށް، މަޢާފު ނުލިބޭ ގޮތަށް، އެމީހެއްގެ މުޅި ޢުމުރަށް ތަންފީޒުކުރަންޖެހުމާއި، ޤަވައިދާ ޚިލާފުވާ ބިދޭސީން ޑީޕޯޓްކުރުމުގައި ޢަމަލުކުރައްވާ ސިޔާސަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ބިދޭސީންނަށް އެފަދަ ފުރުޞަތުތައް ފަހިކޮށްދެވުމުގައި ދިވެހީންގެ ދައުރު އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަސޭހަތަކެއް ހުރިކަމުގައި ވީ ނަމަވެސް، އެކަން ދޫކޮށް، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

ވަޒީފާގެ ފުރުޞަތުތަކަކީ ހަމައެކަނި ސަރުކާރުގެ ތެރެއިން ފަހިވާންޖެހޭ ފުރުޞަތުތަކެއް ނޫންކަމަށާ، އަމިއްލަ ފަރާތްތަކުންވެސް ދިވެހީންނަށް އެ ފުރުޞަތުތައް ޚާއްސަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay