
ރައްޔިތުންގެ މަޖިލިސް
ގްރީން ޓެކްސް ދެގުނަ ކުރަން ހުށަހެޅި ބިލު ކޮމިޓީން ކޮށްފި

ޝާމާ ޝުޢައިބު - 30 އޮކްޓޯބަރު 2024 - 12:09
ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ދެގުނަ ބޮޑުކުރުމަށް ރާއްޖޭގެ ޓޫރިޒަމް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ބުދަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އެ ބިލު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުގެ ތެރެއިން 67 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީން ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މިއީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ހުށަހެޅުއްވި ބިލެކެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ 50 އަށް ވުރެ މަދު ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ގްރީން ޓެކްސް އަށް ނަގާ އަދަދު ތިން ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުމަށެވެ. 50 އަށް ވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓު ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނަގާ އަދަދުވެސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ. ބިލުގައި ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ޓެކްސް ބޮޑުކުރުމަށެވެ.
ސަރުކާރުން އަންދާޒާ ކުރަނީ، މި ބިލު ތަންފީޒުވުމާ އެކު ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 963.6 މިލިއަން ރުފިޔާއިން އިތުރުވާނެ އެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ކުޑަކުރަން ބާރު ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން