logo

ރައީސް ޔާމީނަށް އެންމެ ފައިދާވާނީ ރައީސް މުއިއްޒުއާ ގުޅިވަޑައިގެން: ޒަރީރް

profile

މަރްޔަމް ލީމް އަބޫބަކުރު - 27 ނޮވެމްބަރު 2024 - 08:55

މެމްބަރު ޒަރީރް އަސްލު ޓީވީގެ ބާބް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ:

މެމްބަރު ޒަރީރް އަސްލު ޓީވީގެ ބާބް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ:

ރައީސް ޔާމީނަށް އެންމެ ފައިދާވާނީ ރައީސް ޑރ. މުއިއްޒުއާ ގުޅިވަޑައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރް ވިދާޅުވެއްޖެއެވެ.

މެމްބަރު ޒަރީރު މިފަދައިން ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭގޮތުން "އަސްލު ޓީވީ" ބާބު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމިން އިގްތިސާދީ ގޮތުން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިއަދު ރައްޔިތުންނަށް ރައީސް ޔާމިންގެ ކިބައިން ފެންނަމުންދަނީ ނުރަނގަޅު މިސާލެއްކަމަށް މެމްބަރު ޒަރީރު ވިދާޅުވިއެވެ.

ތިމާ ނޫން މީހަކަށް ޕާޓިގެ ވެރިކަން ލިބިދާނެކަން ގަބޫލުކުރަންޖެހޭނެ ކަމަށް ވިދާޅުވެ އެފަލްސަފާއަށް ނިމުމެއް ގެންނަންޖެހޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ގާބިލް ގިނަ ވެރިންނަށް ރައްޔިތުން ވޯޓުދީގެން އެ ފުރުސަތު އުފައްދާފައިވަނީ ވެސް މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒުއަށް ބަޔަކު ފުރައްސާރަ ކުރަމުންދާކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، އެއީ އެކަން ކުރާ ބަޔެއްގެ ނާގާބިލުކަން ފެންނަ ކަމެއް ކަމަށެވެ.

"އެއޮތީ ސަޕޯޓް ފެންނަން. އަނެއްކާ އެ މަނިކުފާނު ވެރިކަމާ ހަވާލުވިތާ 3-2 މަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ދިވެހިރާއްޖޭގައި އިނގޭތޯ ރައްޔިތުންގެ މަޖިލީހަށް ނުލިބޭހާ ގިނަ މެމްބަރުން އެވަނީ ޕީއެންސީ ހޯދާފައި. ސުޕާ ސުޕާ މެޖޯރިޓީ" މެމްބަރު ޒަރީރު

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ ފަހުގެ ތާރީހުގައި އެންމެ ބޮޑު ޕަސެންޓޭޖަކާ އެކުކަން ފާހަގަކުރައްވައި، މިހާތަނަށް ރާއްޖޭގައި 75 މެމްބަރުން ހަމަވި ޕާޓިއެއް ނެތްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ގައުމުގެ ގިނަ ރައްޔިތުން ތިބީ ރައީސް ޑރ. މުއިއްޒު އާއި އެކުގައި ކަމަށާއި ނިމިދިޔަ ދެ އިންތިހާބުން އެކަން ފެނިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުންނާއި ބައި އިލެކްޝަނުން ރައީސް މުއިއްޒު ނަތީޖާ ނެރެފައިވާކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބިނާކުރަނިވި ފާޑުކިޔުމާއެކު ގައުމު ކުރިޔަށް ގެންދިޔުމަށް މެމްބަރު ގޮވާލެއްވިއެވެ. އަދި ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުމަށް މެމްބަރު ހަސަން ޒަރީރް އެދިވަޑައިގަތެވެ.

https://int.etukuri.mv/
tel:+9607331319