logo

ޖުލައި މަހުގެ ތެރޭގައި 180 ސްކޭމް މައްސަލަ ހުށަހަޅާފައިވޭ: ފުލުހުން

profile

އާމިނަތު ޝަޒްލާ - 06 އޯގަސްޓު 2026 - 11:28

މިދިޔަ ޖުލައި މަހުގެ ތެރޭގައި 180 ސްކޭމް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 1,368,844.56 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން، ޖުލައި މަހު ހުށަހެޅުނު މައްސަލަތަކުގެ 43.33 އިންސައްތަ (78 މައްސަލަ) އަކީ މި ބާވަތުގެ މައްސަލަތަކެވެ.

ފުލުހުންނާއި، ކަމާބެހޭ އިދާރާތަކާއި އަދި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 635,271.17 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ރިޕޯޓުކުރެވުނު ޖުމްލަ މާލީ ގެއްލުމުގެ ގާތްގަނޑަކަށް 46.41 އިންސައްތައެވެ.

ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވޭ

ޖުލައި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5.8 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކޮންމެ މައްސަލައަކުން އެވަރޭޖުކޮށް 7,604.69 ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ތަފާސްހިސާބުތަކުން ދައްކައިދެނީ، ސޯޝަލް މީޑިއާއާއި، އޮންލައިން ވިޔަފާރިކުރާ ޕްލެޓްފޯމްތަކާއި، މެސެޖިންގ އެޕްލިކޭޝަންތަކުގެ އިތުރުން ނުރަސްމީ މާލީ ނެޓްވޯކްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ސަބަބުން ކުރިމަތިވަމުންދާ މާލީ ގެއްލުން ބޮޑުކަމެވެ.

ޖުލައި މަހު ރިޕޯޓުކުރި 180 މައްސަލައިގެ ތަފްސީލަށް ބަލާއިރު:

  1. އީ-ކޮމާސް / އޮންލައިން ވިޔަފާރި: 78 މައްސަލަ (43.33 އިންސައްތަ)
  1. ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުން: 36 މައްސަލަ (20.00 އިންސައްތަ)
  1. އެހެނިހެން ސްކޭމްތައް: 26 މައްސަލަ (14.44 އިންސައްތަ)
  1. ބޭރު ފައިސާ މާރުކުރުން: 20 މައްސަލަ (11.11 އިންސައްތަ)
  1. އެހެން ފަރާތަކަށް ހެދިގެން އޮޅުވާލުން: 20 މައްސަލަ (11.11 އިންސައްތަ)

އޮންލައިން ވިޔަފާރީގެ ސްކޭމްތަކާއި ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ސްކޭމްތަކުގެ އެކު ޖުމުލަ 114 މައްސަލަ ހުށަހެޅިފައިވާއިރު، މިއީ މަހުގެ ޖުމްލަ މައްސަލަތަކުގެ 63.33 އިންސައްތައެވެ. މިއިން ދައްކައިދެނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަމެވެ.

https://wamco.com.mv/
tel:+9607331319