
ނައިބު ރައީސް "މަތީ އަރުތަވެރިންގެ އިނާމު 2025" ޝަރަފުވެރިކޮށްދެއްވައިފި

އާމިނަތު ޝަޒްލާ - 12 ޖުލައި 2026 - 06:38
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "މަތީ އަރުތަވެރިންގެ އިނާމު 2025"ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން- ހުޅުމާލޭގައި ރޭ ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ދައުލަތުގެ އިސްވެރިންނެވެ. ރޭގެ ދަންފަޅީގައި، 304 ދަރިވަރުން އިނާމު ހާސިލުކޮށްފައިވެއެވެ.
ރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުން މި އަހަރު ކުރިއަށްގެންދަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނުމަގުގެ އުތުރުފަރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ
4 ގަޑިއިރު ކުރިން

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި
5 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވެއްޖެ
5 ގަޑިއިރު ކުރިން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)