
ދެ ނޫސްވެރިން ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 12 މޭ 2026 - 21:49
އަދަދު ނޫހުގެ ދެ ނޫސްވެރިން ހައްޔަރުކޮޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ އަދަދު ނޫހުގެ ދެ ޖާރނަލިސްޓުން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަބްދުއް ނާސިރު އެވެ.
ލީވާން އާއި ޝަހުޒާން ހައްޔަރުކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖުލިސް ނިންމާލީ ލީވާން 10 ދުވަހަށް އަދި ޝަހުޒާން 15 ދުވަހަށް ޖަލުގައި ބަހައްޓަން އަމުރުކުރުމަށް ފަހުއެވެ.
ލީވާން އާއި ޝަހުޒާންގެ މައްޗަށް ދައުވާ އުފުލީ އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބައު ނުވުމުގެ ސަބަބުންނެވެ.
މި މައްސަލައިގައިވ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން ޖަލަށް ލުމާއި ދެކޮޅަށް ވަކާލާތު ކޮށްފައެވެ.
އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލި މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ ބަޔާނެއް އާއްމުކޮށްފައެވެ.
ޓްރާންޕޭރެންސީ މޯލްޑިވްސް އިން ބުނީ ނޫސްވެރިން ޖަލަށްލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމުގެ މިނިވަންކަމަށް ދެވުނު ހަމަލާއެއް ކަމަށެވެ.
ޓްރާންސްޕޭރެންސީން ވަނީ މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔަ ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.
އެ ދެ ނޫސްވެރިންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވާކަން އެ ޖަމިއްޔާއިން ބުނެފައެވެ.
މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަދުލުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަކަށް ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި
3 ގަޑިއިރު ކުރިން

ޝަހުޒާން އާއި ލީވާން ދޫކޮށްލަން އައިއެފްޖޭ އާއި ސީޕީޖޭ އިން ގޮވާލައިފި
3 ގަޑިއިރު ކުރިން

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރަށް
5 ގަޑިއިރު ކުރިން

ދައުރު ނިމިގެންދާނީ ބިދޭސީންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގަ ރާއްޖެ ހިމެނިގެން: ވަޒީރު އިހްސާން
5 ގަޑިއިރު ކުރިން


.gif&w=3840&q=75)