
ތޫނު ހަތިޔާރުން މީހަކަށް ބިރުދެއްކި މީހަކު ޖަލަށް ލައިފި

ރިޟްވާން މޫސާ - 31 އޮކްޓޯބަރު 2026 - 06:35
ތޫނު ހަތިޔާރުން މީހަކަށް ބިރު ދައްކައި އިންޒާރު ދިން މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ތޫނު ހަތިޔާރުން ބިރު ދެއްކި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށް ޖަލަށް ލާފައިވަނީ މ. ދާރުލްޤަރާރު، އިސްމާއީލް އެވެ.
ކްރިމިނަލް ކޯޓުން ވަނީ ވިޝާލް 10 އަހަރަށް ޖަލަށްލުމާއެކު 750,000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފަ އެވެ.
މި މައްސަލައަކީ 14 ސެޕްޓެންބަރު 2025 ވީ ދުވަހު މާލޭގެ އަސުރުމާގޯޅިން ހިނގާފައި ދިޔަ ނ. ލަންދޫ މީހެއްގެ ފަހަތުން ގޮސް، އޭނާއަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެކެވެ.
ދައުލަތުން ވިޝާލްގެ މައްޗަށް މި ދަޢުވާ އުފުލީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގައެވެ.
މި ޙުކުމުގައި ބަޔާންކޮށްފައިވަނީ ކުށުގެ އުޤޫބާތެއްގެ ގޮތުން 10 އަހަރު ދުވަހަށް ޖަލަށްލުމާއެކު 750,000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ޖަލު ހުކުމެކެވެ. މި މައްސަލައިގެ ތަހުގީގަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި 4 މަހާއި 11 ދުވަސް ޖަލު އަދަބުން އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ މުއްދަތަކީ 9 އަހަރާއި 7 މަހާއި 19 ދުވެހެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިންގެ ފަސްގަނޑު ވިއްކާލިޔަދީގެ ނުވާނެ! އެންމެ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ: އަލީ ހުސެއިން
3 ގަޑިއިރު ކުރިން

ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރުކުރޭ: އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން
3 ގަޑިއިރު ކުރިން

ތިލަމާލެ ބުރިޖު: ވިލިމާލެއާއި ގުޅިފަޅުވެސް ގުޅާލައިފި
3 ގަޑިއިރު ކުރިން

ދެ ހެލިކޮޕްޓަރު ޖެހި ހިނގި އެކްސިޑެންޓެއްގައި 3 މީހުން މަރުވެއްޖެ!
3 ގަޑިއިރު ކުރިން


