logo
އިސްމާއިލް ޒަރިޔަންދު---

އިސްމާއިލް ޒަރިޔަންދު---

ގައުމު ދަރަނީގެ އަނދަވަޅަކަށް ވެއްޓެމުންދާއިރު، ފުދުންތެރި އިގުތިސާދެއް ބިނާކުރުމުގައި ވެރިން ވަނީ ފެއިލްވެފައި: ޒަރިޔަންދު

profile

ޖިނާން ޙުސައިން ޖަބީން - 06 ނޮވެމްބަރު 2026 - 11:16

ގައުމު ދަރަނީގެ ބޮޑު އަނދަވަޅަކަށް ވެއްޓެމުންދާއިރު، އަމިއްލަ ފުދުންތެރިކަން ހުރި އިގުތިސާދެއް ބިނާކުރުމުގައި ވެރިން ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ އެކްޓިވިސްޓު އިސްމާއިލް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

https://wamco.com.mv/

މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ގައުމު ދަރަނީގެ ބޮޑު އަނދަވަޅަކަށް ވެއްޓެމުންދާއިރު، އަމިއްލަ ފުދުންތެރިކަން ހުރި އިގުތިސާދެއް ބިނާކުރުމުގައި ވެރިން ފެއިލްވެފައިވާ ކަމަށާއި، މި ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނަގައި، އަމިއްލަ މަސްލަހަތު އިސްކުރުމަށް ބޭރުގެ ނުފޫޒުތަކަށް ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށެވެ.

View post on Twitter

ޒަރިޔަންދު އިތުރަށް ވިދާޅުވީ، މި ނުރައްކާތެރި ހާލަތުން ގައުމު ސަލާމަތްކުރުމަށްޓަކައި، ވަގުތު ފާއިތުވުމުގެ ކުރިން ދިވެހި ރައްޔިތުން މިކަމާމެދު ވިސްނައި، ހޭލުންތެރިވާންޖެހޭ ކަމަށެވެ. އަދި ގައުމުގެ އެންމެ މަތީ މަސްލަހަތާއި، އިސްލާމީ ވަހުދަތާއި، މިނިވަންކަން ދިފާއުކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކަށް ފާރަވެރިވެ، ޒިންމާދާރުކުރުވުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ގައުމީ ވާޖިބެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ދަރަނި ކުޑަކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބުނަމުންދާ މި ދަނޑިވަޅުގައި، ގައުމުގެ އިގުތިސާދީ މިސްރާބާމެދު އާންމުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން، ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ޒަރޫރީ ކާބޯތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުންނާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހޯދުމުގައި ދިމާވާ ދަތިތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319