.png&w=3840&q=75)
ބައި-އިލެކްޝަންގެ ވޯޓުލުން ދިޔައީ އަމަންއޮމާންކޮށް: މެމްބަރު މުޙައްމަދު އިސްމާއީލް
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 08 ފެބްރުއަރީ 2025 - 13:20
މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔައީ އަމަންއޮމާންކޮށް ކަމަށް މެމްބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، ސަރުކާރު ހިންގާ ޕާޓީ (ޕީއެންސީ)ގެ ފަރާތުން ވާހަކަދައްކަވަމުން، ވިލިމާލޭ ދާއިރާގެ މެމްބަރު މުޙަައްމަދު އިސްމާއީލްވެސް ވަނީ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ވަރަށް އަމަންއޮމާންކޮށް ކަމަށް ވިދާޅުވެފައެވެ.
މެމްބަރު މުޙައްމަދު އިސްމާއީލް ވަނީ ގިނަ ގޮނޑިތައް ޕީއެންސީއަށް ކާމިޔާބުކުރެވޭނެކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.
އާއިލީ ހަމަނުޖެހުމެއް އިންތިޚާބީ މަރުކަޒު ހިނގި ސަރަހައްދުގައި ހިނގި ކަމަށާއި އެއީ އިންތިޚާބާ ގުޅޭ ހަމަނުޖެހުމެއް ނޫން ކަމަށްވެސް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.
އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް މާފަންނު މަދަރުސާ ސަރަހައްދުގައި ބަޔަކު އަރާރުންވާ ވީޑިއޯއެއް ދައުރުވިއެވެ. އެއީ އާއިލީ ބައެއްގެ ދެމެދުގައި ހިނގި އަރާރުންވުމެއް ކަމަށާއި އިންތިޚާބީ މަރުކަޒުގެ މަސްލަހަތު ގެއްލޭ ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ގާނޫނަށް ގެނައި ބަދަލާއެކު މިހާރު ބައި އިލެކްޝަންތައް ބާއްވަން ޖެހޭނީ އަހަރަކު އެންމެ ދެ ފަހަރުއެވެ. މި ބަދަލާއެކު ބޭއްވި މިއީ ފުރަތަމަ ބައި-އިލެކްޝަންއެވެ.
މިއަދު ބޭއްވި މި ބައި-އިލެކްޝަން ޖުމްލަ 12 ރަށެއްގައި ކުރިއަށްދިޔައެވެ. އޭގެ ތެރެއިން 10 ރަށެއްގައި ބޭއްވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ. އަދި ދެ ރަށެއްގެ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލުން ބޭއްވިއެވެ. އެއީ ހދ. މަކުނުދޫ ކައުންސިލް މެންބަރު އަދި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވީ ހދ. ހިރިމަރަދޫ ނ. މިލަދޫ ނ. ފޮއްދޫ ރ. އިންނަމާދޫ ބ. ގޮއިދޫ އދ. ހަންޏާމީދޫ ދ. ހުޅުދެލި ލ. ގަން ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫގައެވެ.
ގުޅުން ހުރި ޙަބަރުތައް

ނޭޝަނަލް ފާރިޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައި ކުއްޖަކު އުފަންވެއްޖެ
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފި
4 ގަޑިއިރު ކުރިން

މިހާތަނަށް ރާއްޖެއަށް 40 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި: ޓޫރިޒަމް މިނިސްޓްރީ
6 ގަޑިއިރު ކުރިން

ވައި ނުސާފުވާތީ ސަމާލުވާން އަންގައިފި
8 ގަޑިއިރު ކުރިން


