logo
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ---

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ---

ތިނަދޫ ކައުންސިލް ރައީސްކަމަށް ޝުޖާއު އަލުން އިންތިހާބުވެވަޑައިގެންފި!

profile

ޖިނާން ޙުސައިން ޖަބީން - 28 ނޮވެމްބަރު 2026 - 14:02

ވ. ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް މީހަކު ހޮވުމަށްޓަކައި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ބައި-އިލެކްޝަންގައި މޯލްޑީވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޝުޖާއު އަލީ ކާމިޔާބު ހޯއްދަވައިފިއެވެ.

https://wamco.com.mv/

ތިނަދޫ ކައުންސިލް ރައީސްގެ މަގާމު ޝުޖާއު ކާމިޔާބުކުރެއްވީ 87 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު އަމަން މުހައްމަދަށް ލިބިވަޑައިގަތީ 42 ވޯޓެވެ.

ތިނަދޫގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 185 މީހުންނަށެވެ.

މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމަށްފަހު، އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ޝުޖާއު އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އޭރު ނިންމިއެވެ.

މިއާއެކު ޝުޖާއު ވެގެންދިޔައީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކޮށްގެން ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލަރެވެ.

ޕީއެންސީގެ ކެންޑީޑޭޓުގެ މައްޗަށް އެމްޑީޕީގެ ކެންޑިޑޭޓް ހޯދި ކާމިޔާބީއާ ގުޅިގެން އެ ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝުޖާއުއަށް މަރުހަބާ ދަންނަވައިފައެވެ. އަދި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ހުރިހާ ފަރާތްތަކާއި ޝުޖާއުއަށް ވޯޓުދެއްވި ފަރާތްތަކަށް ވެސް އެމަނިކުފާނު މަރުހަބާ ދެންނެވިއެވެ.

https://wamco.com.mv/
tel:+9607331319