logo

އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާ ހޯދަން ޑްރޯން ބޭނުންކުރަނީ

profile

އައިޝަތު އިބްރާހިމް - 03 އޭޕްރީލު 2025 - 07:57

ރޭ ދަންވަރު ހިނގި އަލިފާނުގެ ޙާދިސާގައި ރޯވި މުދާ އުފުލާ ބޯޓުން ގެއްލުނު މީހާ ހޯދުމަށްޓަކައި ޑްރޯން ބޭނުންކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

https://wamco.com.mv/

ހޮޅުދޫ ބޯޓުގައި ރޯވީ ތ.ހިރިލަންދޫން ފުރައިގެން ދަނިކޮށް ރޭ 21:07 ހާއިރުއެވެ. މި ބޯޓުގައި އަލިފާން ރޯވެ އެއްކޮށް ވަނީ އަނދައި ހުލިވެފައެވެ. މިބޯޓު ރޭ ދަންވަރު 02:07 ހާއިރު މުޅިން އަޑިއަށްގޮސްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ބޯޓުން ދަތުރު ކުރަމުން ދިޔައީ ކެޕްޓަންއާއެކު 18 މީހުން ކަމަށާއި 17 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ނުފެނިވަނީ ލ.މާވަށަށް ނިސްބަތްވާ ޢުމުރުން 25 އަހަރުގެ ޢަލީ މުޝްފިގް މުހައްމަދު ޝަރީފެވެ.

ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ތިން އުޅަންދެއްގެ އިތުރުން ޑައިވަރުންނާއި އެއާރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ދަނީ ކުރަމުންނެވެ.

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން، ބޯޓު އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ވަގުތުން ހަރަކާތްތެރިވެފައިވެއެވެ.

ބޯޓު އަޑިއަށް ގޮސް އޭގެ ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay