logo
ފަޅުތެރެއަށް ވަނީ 1000 ލީޓަރުގެ ތެޔޮ އެޅިފައި.

ފަޅުތެރެއަށް ވަނީ 1000 ލީޓަރުގެ ތެޔޮ އެޅިފައި.

ފަޅުތެރެއަށް އެޅުނު 1000 ލީޓަރުގެ ތެރެއިން 400 ލީޓަރުގެ ތެޔޮ ނަގައިފި

profile

އަހުމަދު ޒަލީފު - 02 ޖެނުއަރީ 2023 - 11:40

މާލޭގެ ރަސްމީ ފާލަމުގެ ފަޅުތެރެއަށް އެޅިފައިވާ 1000 ލީޓަރު ތެލުގެ ތެރެއިން 400 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފް އިން ބުނީ ރަސްމީ ފާލަން ކައިރި އަށް އެޅުނު ކަޅު ތެޔޮ ސާފު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އެ ސަރަހައްދަށް 1،000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޢިއްޒުއްދީން ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ފަޅުތެރެއިން ގިނަ ޢަދަދެއްގެ ކަޅުތެޔޮ ފެނުމާ ގުޅިގެން، އެތެޔޮ ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ތެޔޮ ނެގުމުގައި ކޯސްޓްގާޑްގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑްގެ ސްކޮޑްރަނާއި މާލެ އޭރިއާ މެރިންސްއާއި މެރިން ޕޮލިސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެހީތެރިވެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay