
އިއްޔެ ފެނުނު ކިނބޫ
ކިނބޫ ހިފައި ދޫކޮށްލައިފި

އަހުމަދު ޒަލީފު - 13 ޖެނުއަރީ 2023 - 08:17
ކ.ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފުމަށްފަހު ދޫކޮށްލައިފިއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އިއްޔެ ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އަދި މި ކިނބޫ ހިފުމަށްފަހު ކ.ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރުވަނީ ދޫކޮށްލާފައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
މި ކިނބުލަކީ 14 ފޫޓު ހުންނަ ކިނބުލެކެވެ.