
ދިވެހި ފުލުހުންގެ ހިދުމަތާއި އަލަށް ގުޅި ވަޑައިގެން ފުލުހުން. މަގާމުގެ ހުވައި ކުރުމުގެ ތެރެއިން
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ޔޫޝައު ހަސަން - 18 ޖެނުއަރީ 2023 - 08:53
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލައިފިއެވެ.
އިންޓެލިޖެންސް އޮޕަރޭޝަންސް އޮފިސަރ ގްރޭޑް 3 (އިންޓަނޭޝަނަލް ލިއޭޒަން) ގެ މަގާމަށް މީހަކު ހޮވުމަށް މި މަހުގެ އެގާރަވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަޤާމުގެ ޗަރުތު ހަމަވާ ފަރާތްތަކުން ވަޒީފާއަށް ޝައުގުވެރިވެލައްވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ޖަނަވަރީ 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުމަށެވެ.
މި މަގާމުގެ ޝަރުތުތަކެއްގެ ގޮތުގައި ބުނެފައިވަނި ، ކްރިމިނޮލޮޖީ، ސޯޝަލް ސައިންސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރެވޭފަދަ ޤާބިލްކަން އިންޓަރވިއުގައި ނުވަތަ ދެވޭ ޓެސްޓަކުން ސާބިތުކޮށްދިނުމުގެ އިތުރުން މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުމާއި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމާއެކު، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުންކަމުގައެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 ށް ކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި ފުލުހުންނަކީ ދިވެހި ޤައުމުގެ އެންމެ ބޮޑު ޝަރަފް - މިނިސްޓަރު އިމްރާން
2 އަހަރު ކުރިން

ފުލުހުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރު ބޮޑު ތަނުން ރަނގަޅު: އިމްރާން
2 އަހަރު ކުރިން

'ޕޮލިިސް ރިސާރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް' ކޮންމެ އަހަރަކު ބާއްވަނީ
2 އަހަރު ކުރިން

ޝިއާގެ މަރު: ދައުލަތުގެ ހަރަދުގައި ޝާހިލަށް ވަކީލަކު އައްޔަނުކުރަން ފުރުސަތު ދީފި
2 އަހަރު ކުރިން