logo

ދިރާގު "އީދު ބޮލަށް ގޮން"، ދެ ޑީޖޭއައި ޑްރޯން ހޯދުމުގެ ފުރުސަތު

profile

އައިޝަތު އިބްރާހިމް - 07 ޖޫން 2025 - 05:35

ދިރާގުން ބޮޑު އީދަށް ހާއްސަކޮށްގެން "އީދު ބޮލަށް ގޮން"ގެ ނަމުގައި ކުރިއަށްގެންދާ ފޯރިގަދަ މީސް މީޑިއާ ގިވްއަވޭގައި ބައިވެރިގެން އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

https://wamco.com.mv/

މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ، ދިރާގު އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސްގައިވާ މި ގިވްއަވޭގެ ޚާއްޞަ ޕޯސްޓުތަކުގެ ކޮމެންޓް ބައިގައި "އީދު ބޮލަށް ގޮން" ޖަހަން ބޭނުންވާ ރައްޓެހިން ޓެގްކުރުމެވެ. އަދި، ކިތަންމެ ގިނަ ރައްޓެހިންނެއް ކިތަންމެ ފަހަރަކު ވެސް ޓެގް ކުރެވޭނެއެވެ. އެހެންކަމުން، ކޮންމެ ޓެގްއަކާއެކު އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށް ބުނެފައިވެއެވެ.

"އީދު ބޮލަށް ގޮން" ގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯ މެދުވެރިކޮށް 3 ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ނަސީބުވެރިންނަށް އަދި އެ ފަރާތްތަކުން ޓެގް ކުރި ފަރާތަށް ކަނޑައަޅައިފައިވާ އިނާމުތަކަކީ:

• ފުރަތަމަ އިނާމު: 2 ޑީޖޭއައި ޑްރޯން

• ދެވަނަ އިނާމު: 2 އެޕަލް އެއަރޕޮޑްސް (ތަރޑް ޖެނެރޭޝަން)

• ތިންވަނަ އިނާމު: 2 ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗް

މި އިނާމުތައް ހޯދުމުގެ ފުރުސަތު 11 ޖޫން 2025 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.

ދިރާގުން ދަނީ މިފަދަ ޚާއްޞަ މުނާސަބަތުތަކާއި ގުޅުވައިގެން ތަފާތު އެކި ހަރަކާތްތައް އަގުހުރި އިނާމުތަކާ އެކު ކުރިއަށްގެންދަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay