logo

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް 3 ބޭފުޅުން އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 26 އޭޕްރީލު 2026 - 18:29

މި ސަރުކާރުގެ ކުރީގެ ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް ޢުމަރާއި ތާރިގް އިބްރާހީމްގެ އިތުރުން، ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން، މި ތިން ބޭފުޅުން ވެސް މިހާރު ވަނީ ޚާރިޖީ ވުޒާރާގެ މަސައްކަތްތަކަށް ނުކުންނަވަން ފަށްޓަވައިފައެވެ.

މި މަހުގެ މެދުތެރޭގައި ކެބިނެޓުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި އާދަމް ޝަރީފާއި ޠާރިޤު އިބްރާހީމް ހިމެނިވަޑައިގަންނަވާއިރު، އާދަމް ޝަރީފަކީ މި ސަރުކާރުގެ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސްގެ މަގާމު ކުރިން އަދާކުރެއްވި ބޭފުޅެކެވެ.

އަދި ތާރިގު ވަނީ މި ސަރުކާރުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ މަޤާމު ފުރުއްވައިފައެވެ.

މީގެ އިތުރުން، އާދަމް ޝަރީފަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ތާރިގް އިބްރާހީމް ވަނީ އެ ސަރުކާރުގައި ވެސް އެންވަޔަރަމަންޓް މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވައިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk