
ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އާމިނަތު ޝަޒްލާ - 23 ޖުލައި 2026 - 13:30
ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ގެނައުމަށް ގަސްތުކުރާ މުހިންމު އިސްލާހުތަކާ ގުޅޭގޮތުން ބިޒްނަސް ކައުންސިލްގެ 25 ވަނަ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް (ޖީ.އެމް.ޓީ.އެމް.އޯ) ގެ ދަށުން އެއްގަމު ދަތުރުފަތުރުގެ ދާއިރާއަށް އަންނަމުންދާ އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅޭގޮތުން މިނިސްޓަރާއި ކައުންސިލްގެ މެންބަރުން ވަނީ މައުލޫމާތު އޮޅުންފިލުއްވައި މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އަމާޒުކޮށް، "ގްރޭޓަރ މާލެ މޮބިލިޓީ ފްރޭމްވޯކް" ގެ ދަށުން އެކުލަވައިލާފައިވާ އިސްލާހީ ފިޔަވަޅުތަކެއްވެސް މި ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ. މި ފިޔަވަޅުތަކަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ލުއިފަސޭހަ މަގުތަކެއް ކޮށައިދިނުމަށް އެކުލަވާލާފައިވާ އުސޫލުތަކެކެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ، ގައުމީ އަހަންމިއްޔަތުކަން ދެވިފައިވާ ކަމެއް ކަމަށެވެ. މިގޮތުން، ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގްރޭޓަރ މާލެ ސަރަހައްދަކީ އުޅަނދު ރަޖިސްޓްރީކުރުން ކޮންޓްރޯލްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ދެމެހެއްޓެނިވި އަދި ފައިދާހުރި ހައްލުތަކެއް ހޯދުމަށް އެކުގައި މަސައްކަތްކުރާ އުސޫލެއްގެ ދަށުންނެވެ. މި ބަދަލުތަކާއެކު މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް
7 ގަޑިއިރު ކުރިން

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
7 ގަޑިއިރު ކުރިން

ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބިރުދެއްކި މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓް
7 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އިސްރާއީލުން އަލްއަގްސާ މިސްކިތަށް ވަދެގަނެ، ހުރުމަތް ކަނޑައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)