logo

އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

profile

އާމިނަތު ޝަޒްލާ - 23 ޖުލައި 2026 - 13:30

އއ. އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މި މަޝްރޫއަކީ އުކުޅަހުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ބަނދަރު އަޕްގްރޭޑް ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 12 މޭއި 2022 ގައެވެ.

މަޝްރޫއުގެ ފަހުގެ ތަފްސީލްތައް ހާމަކުރަމުން ވުޒާރާއިން ބުނީ، މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 4,954 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، ބަނދަރު ބޮޑުކުރުމަށްޓަކައި 264 މީޓަރުގެ އެއްގަމު ތޮށިލުމާއި، 5 މީޓަރުގެ ބޭރު ތޮށިލުމުގެ އިތުރުން 553 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 1,640 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ޖަހައި، ބަނދަރު ސަރަހައްދު އަލިކުރުމަށް ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

އުކުޅަހު ރައްޔިތުންނަށް މި މަޝްރޫއުގެ ސަބަބުން ލިބިގެންދާނެ އެންމެ ބޮޑު އެއް ފަސޭހައަކީ، މަޝްރޫއުގެ ތެރޭގައި ހިމެނޭ ކޮންކްރީޓް ޖެޓީ އާއި ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތެވެ. މި ޖެޓީގެ ސަބަބުން ރަށުގެ ޑިންގީތަކާއި ކުދި ލޯންޗުފަހަރު އެޅުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، އުޅަނދުފަހަރު އެޅުމަށް އިތުރު ތަނަވަސްކަން ލިބިގެންދާނެއެވެ.

ދިވެހި ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 37 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ނިންމުމަށް އިސްކަންދެމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk