
ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބިރުދެއްކި މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓް

އާމިނަތު ޝަޒްލާ - 23 ޖުލައި 2026 - 13:29
މީހެއްގެ ބަރަހަނާ ފޮޓޯ ހުރިކަމަށް ބުނެ ބިރުދައްކައި، ބްލެކްމެއިލްކޮށްގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީގެ މައްޗަށެވެ.
ފަވާޒް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ދިވެހި ފިރިހެނެއްގެ އޮރިޔާންކާޑު ހުރިކަމަށް ބުނެ ބިރުދައްކައި، އެކި ދުވަސްމަތިން އެ މީހާގެ އަތުން 300,000 (ތިން ލައްކަ) އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 19 ޑިސެމްބަރު 2024 ގައެވެ.
ފަވާޒުގެ މައްޗަށް ދައުލަތުން ބްލެކްމެއިލްކުރުމުގެ ދައުވާ އުފުލި ނަމަވެސް، މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
ނަމަވެސް، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށްފައެވެ. ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ހިމެނިވަޑައިގަންނަވާ ބެންޗުން ކުރެއްވި މި ހުކުމުގައި އަމުރުކޮށްފައިވަނީ، ހަތް ދުވަހުގެ ތެރޭގައި ދައުލަތުން މި މައްސަލަ އަލުން ހުށަހަޅައިފިނަމަ، މައްސަލަ އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށެވެ.
މި ނިންމުމާއެކު، ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މި ބްލެކްމެއިލްގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފެށިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
7 ގަޑިއިރު ކުރިން

އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް
7 ގަޑިއިރު ކުރިން

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
7 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އިސްރާއީލުން އަލްއަގްސާ މިސްކިތަށް ވަދެގަނެ، ހުރުމަތް ކަނޑައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)