logo

ކުވޭތާއި، ޖޯޑަންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލާދޭން ފަށައިފި

profile

ރިޟްވާން މޫސާ - 16 ޖުލައި 2026 - 11:07

އެމެރިކާގެ އާ ހަމަލާތަކަށް ފަހު، ކުވޭތާއި ޖޯޑަންގައި ހުންނަ އައިސް ސައިނިކުންގެ ބޭސްތަކަށް އަމާޒުކޮށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

https://wamco.com.mv/

އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށް (ނޭވަލް ބްލޮކޭޑް)، އެމެރިކާއިން ޖެހިޖެހިގެން ފަސްވަނަ ދުވަހަށް އީރާނުގެ އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށާއި މިސައިލް އުދުއްސާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

މެދުއިރުމަތީގެ ވަގުތުން ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބަހްރޭނުގައި ނުރައްކަލުގެ އިންޒާރުގެ ސައިރަން އަޅާފައިވާއިރު، އެމެރިކާގެ ހަމަލާތަކަށް ރައްދު ދޭނެ ކަމަށް އީރާނުން ބުނުމާ ގުޅިގެން، ކުވެއިތުން ބުނެފައިވަނީ "ދުޝްމަނުންގެ ޑްރޯން ނުރައްކާތަކަކަށް" ރައްދުދެމުންދާ ކަމަށެވެ.

އީރާނުގެ އިސް މަންދޫބު މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ތެހެރާނުން މިހާރު ކުރަމުންދަނީ އެ ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ "ވުޖޫދީ ހަނގުރާމައެއް" ކަމަށާއި، އީރާނުގެ ސަލާމަތްތެރިކަން ބިނާވެފައިވަނީ ހޯމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތް މިންވަރެއްގެ މައްޗަށް ކަމަށެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވާ ކުރައްވާ ގޮތުގައި، އީރާނުން މިހާރު ބޭނުންވަނީ މައްސަލަ ހައްލުކޮށް އެއްބަސްވުމަކަށް އަންނާށެވެ. އަދި ވަރަށް އަވަހަށް އީރާނު ބަލިކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk