logo

އީރާނާއި އެމެރިކާއިން އަނެއްކާވެސް ވައިގެ ޙަމަލާތައް ބަދަލުކުރަން ފަށައިފި

profile

އާމިނަތު ޝަޒްލާ - 02 ޖޫން 2026 - 07:41

އީރާނާއި އެމެރިކާއިން އަނެއްކާވެސް ވައިގެ ޙަމަލާތައް ބަދަލުކުރަން ފަށައިފިއެވެ.

https://wamco.com.mv/

އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނީ، އީރާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ޙަމަލާދޭން ބޭނުންކުރި އެމެރިކާގެ އަސްކަރީ ބަނދަރަކަށް އީރާނުން ރައްދުގައި ޙަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން އީރާނުގެ އެ ޑްރޯނުން ވަނީ ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދުން ދަތުރުކުރި އެމެރިކާގެ އަސްކަރީ ޑްރޯނަކަށް ޙަމަލާދީފައި ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

އެމެރިކާއިން ބުނީ މިދިޔަ ހަފްތާ ބަންދުގައި، އީރާނުގެ ވައިގެ ޙަމަލާތަކުން ދިފާޢުވުމުގެ ނިޒާމެއްގެ އިތުރުން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާދޭން މަސައްކަތް ކުރި އީރާނުގެ ދެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި، މިދިޔަ އޭޕްރީލް މަހުން ފެށިގެން ދެ ޤައުމުން ވެސް އޮތީ ޙަމަލާތައް ބަދަލުކުރުން މެދުކަނޑައިލަން އެއްބަސްވެފައެވެ. ނަމަވެސް އީރާނުގެ އަސްކަރީ ވަޞީލަތްތަކަށް އެމެރިކާއިން ޙަމަލާދިން ފަހުން ވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އީރާނަށް ޙަމަލާދީ ފެށި ހަނގުރާމައިގައި އީރާންއާއި ލުބުނާނުގައި އެތައް ހާސް ބަޔަކު ޝަހީދުވެފައިވެއެވެ. ހަނގުރާމައާ ގުޅިގެން އީރާނުން ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ދަތިކުރުމުގެ ސަބަބުން ހަކަތައިގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ އިޤްތިޞާދުތަކަށް ވަނީ ލޮޅުން އަރައިފައެވެ.

އީރާނާއި އެ ޤައުމަށް ވާގިވެރިވާ ސަރަޙައްދީ ޖަމާޢަތްތަކުން މިހާރު ނިންމާފައި ވަނީ ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށް، މުހިންމު އެހެން މަގެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅިއަށް ވެސް ހުރަސްއެޅުމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk