
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ނިމިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ހަމަނުޖެހުމެއް ނުހިނގާ، އިންތިޚާބުގެ ކަންކަން ދިޔައީ ޖޯޝާއި ފޯރީގައި: މާރިޔާ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 08 ފެބްރުއަރީ 2025 - 13:13
މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ޖޯޝާއި ފޯރީގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން އަދި ނިމިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މާރިޔާ ވިދާޅުވީ، އިންތިޚާބެއް ކުރިއަށްދާ ނަމަ އެކިއެކި ކަންކަން ހިނގާނެ ކަމަށެވެ. މި އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް ޖޯޝާއި ފޯރީގައި ކަމަށާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާރިޔާ ވަނީ އިންތިޚާބު ކުރިއަށްދިޔަ ވަގުތުތަކުގައި ހުއްދަ ނެތް ބައެއް ފަރާތްތަކުން އިންތިޚާބީ މަރުކަޒުތަކަށް ވަންނަން މަސައްކަތްކުރިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އޮންނަ އުސޫލުގެ ތެރެއިން އެކަންކަން ހުއްޓުވި ކަމަށާއި ހަމަނުޖެހުމަކަށް ވާސިލުނުވާކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އަސްލު ޓީވީއާ ވާހަކަދައްކަވަމުން، ސަރުކާރު ހިންގާ ޕާޓީ (ޕީއެންސީ)ގެ ފަރާތުން ވާހަކަދައްކަވަމުން، ވިލިމާލޭ ދާއިރާގެ މެމްބަރު މުޙަައްމަދު އިސްމާއީލްވެސް ވަނީ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ވަރަށް އަމަންއޮމާންކޮށް ކަމަށް ވިދާޅުވެފައެވެ.
މެމްބަރު މުޙައްމަދު އިސްމާއީލް ވަނީ ގިނަ ގޮނޑިތައް ޕީއެންސީއަށް ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.
އާއިލީ ހަމަނުޖެހުމެއް އިންތިޚާބީ މަރުކަޒު ހިނގި ސަރަހައްދުގައި ހިނގި ކަމަށާއި އެއީ އިންތިޚާބާ ގުޅޭ ހަމަނުޖެހުމެއް ނޫން ކަމަށްވެސް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.
ގާނޫނަށް ގެނައި ބަދަލާއެކު މިހާރު ބައި އިލެކްޝަންތައް ބާއްވަން ޖެހޭނީ އަހަރަކު އެންމެ ދެ ފަހަރުއެވެ. މި ބަދަލާއެކު ބޭއްވި މިއީ ފުރަތަމަ ބައި-އިލެކްޝަންއެވެ.
މިއަދު ބޭއްވި މި ބައި-އިލެކްޝަން ޖުމްލަ 12 ރަށެއްގައި ކުރިއަށްދިޔައެވެ. އޭގެ ތެރެއިން 10 ރަށެއްގައި ބޭއްވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ. އަދި ދެ ރަށެއްގެ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓުލުން ބޭއްވިއެވެ. އެއީ ހދ. މަކުނުދޫ ކައުންސިލް މެންބަރު އަދި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވީ ހދ. ހިރިމަރަދޫ ނ. މިލަދޫ ނ. ފޮއްދޫ ރ. އިންނަމާދޫ ބ. ގޮއިދޫ އދ. ހަންޏާމީދޫ ދ. ހުޅުދެލި ލ. ގަން ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫގައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭންކް އޮފް މޯލްޑިވްސް އިން 6 ރަށެއްގައި އާ ބްރާންޗް ގާއިމުކޮށްފި
6 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް އަށް ތާރީޚީ ދުވަހެއް: 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓިއެމް އިފްތިތާހުކޮށްފި
6 ގަޑިއިރު ކުރިން

ސްޓޭޓް ފާމަސޫޓިކަލް އިން ހޮޓްލައިން ނަމްބަރެއް ތައާރަފްކޮށްފި
9 ގަޑިއިރު ކުރިން

ގަލޮޅު ކަންމަތީގައި ހުންނަ ގޭގައި ހިނގާފައިވަނީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއް: ފުލުހުން
12 ގަޑިއިރު ކުރިން


.gif&w=3840&q=75)