logo
އެމްޑީޕީ އިން ކުރިއަށްގެންދިޔަ ކޮންގްރެސްގެ ތެރެއިން / ފޮޓޯ:  އިސްމަޢީލް މުނައްވަރު / އަސްލުޓީވީ

އެމްޑީޕީ އިން ކުރިއަށްގެންދިޔަ ކޮންގްރެސްގެ ތެރެއިން / ފޮޓޯ: އިސްމަޢީލް މުނައްވަރު / އަސްލުޓީވީ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު މާދަމާ

profile

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2026 - 12:18

އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު 27 ނޮވެމްބަރު (މާދަމާ) ބާއްވަން ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

އެމްޑީޕީ އިން ބުނީ މާދަމާ މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު 8 ޖެހުމާއި ހަމައަށް ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓްލުން ކުރިއަށްދާނެ ކަމަށެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ނިމުމާއެކު ވަގުތީ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައިވާއިރު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ޖުމްލަ 448 މަގާމަކަށް 979 ކެންޑިޑޭޓުން ވާދަކުރާ މިއިންތިހާބު މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީ ކަނޑައަޅާފައިވާ ވޯޓްލާ މަރުކަޒުތަކުގައި ކުރިއަށްދާނެ ކަމަށް އެޕާޓީ އިން ވަނީ ބުނެފައެވެ.

ގައުމީ މަޖިލީހުގައި އިންތިހާބުކުރާ މަގާމްތަކުގެ ތެރޭގައި ގައުމީ މަޖިލީހުގެ މެންބަރުންނާއި، ސިޓީ އަދި އަތޮޅު މެންބަރުން، ދާއިރާތަކުގެ ނައިބު ރައީސުންނާއި ސެކްރެޓަރީން، އަދި ޔޫތު ވިންގާއި އަންހެނުންގެ ވިންގުގެ މަގާމުތައް ހިމެނެ އެވެ.

އެމްޑީޕީ އިން މީގެ ކުރިން ކުރި އިއުލާނުތަކުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މެމްބަރުންނާއި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިތުރުން ވޯޓްލާން ކަނޑައަޅާފައިވާ މަރުކަޒުތަކާއި ބެހޭ މައުލޫމާތުތައް ވަނީ އާއްމުކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެޕާޓީގެ ކޮންގްރެސް އަށްފަހު، ޕާޓީ ހިންގުމުގެ އެންމެ މަތީ ބާރު އޮންނަ އަދި ޕާޓީގެ އެންމެ މުހިއްމު ސިޔާސަތުތައް ނިންމާ މައިގަނޑު ގުނަވަނެވެ.

https://wamco.com.mv/
tel:+9607331319