.jpg&w=3840&q=75)
މިސައިލްތަކެއް އަންނަ ކަމުގެ ރިޕޯޓާއެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ އިންޒާރު ޖަހަން ފަށައިފި

ސައިފް އަޒުހަރު - 24 ޖޫން 2025 - 08:03
އިސްރާއީލާ ދިމާއަށް މިސައިލްތަކެއް އުދުއްސާލުމުން މުޅި އިސްރާއީލުގައި ނުރައްކަލުގެ އިންޒާރު ޖަހަން ފަށައިފިއެވެ.
މާނައަކީ އިސްރާއީލު މީހުން ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދަންވީއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލުގެ ހައިފާއާއި، ގަލީލީ އަދި ގޯލާންގެ އުސްބިން ސަރަހައްދުންވެސް ނުރައްކާ އަންނަ ކަމުގެ ޑަނޑޫރާ ޖަހަމުން އެބަ ގެންދެއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ، އިސްރާއީލާ ދިމާއަށް މިސައިލްތަކެއް އުދުއްސާލީ އީރާނުން ކަމަށެވެ.
އިސްރާއީލުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނަނީ އީރާނުން ފޮނުވާލި މިސައިލް، އިސްރާއީލު ސިފައިން ވައްޓާލާފައިވާ ކަމަށެވެ.
އިސްރާއީލަށް މިސައިލް ހަމަލާތަކެއް އަންނަކަމުގެ އިންޒާރު ދޭންފެށީ، ހަމަލާތައް ހުއްޓާލިކަމުގެ ރިޕޯޓްތައް އާންމުވިތާ މާ ގިނައިރެއް ނުވަނީހެވެ.
މުޖުރިމު ނަތަންޔާހޫ ބުނެފައިވަނީ، އެމެރިކާގެ ރައީސްގެ ހުށަހެޅުން އޭނާ ގަބޫލުކޮށްފައިވާ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރުވެސް ހަމަލާތައް ހުއްޓާލަން އީރާނުން ނިންމިކަން ހާމަކުރައްވާފައި ވާއިރު، ބައެއް ރިޕޯޓްތައް ބުނަނީ، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުގެ އިޚްތިޔާރު ނުވަތަ ގޮތް ނިންމުމުގެ ބާރު އީރާނުގެ ޚާރިޖީ ވަޒީރަށް ނޯންނާނެ ކަމަށާއި، އެކަމަށް އެންމެފަހުބަސް ވިދާޅުވާނީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ކަމަށެވެ.
ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ޔަމަނުގެ ހޫޘީން އިއްޔެ އިސްރާއީލާ ދިމާއަށް މިސައިލެއް އުދުއްސާލުމުންވެސް، އިސްރާއީލު ސިފައިން ހީކުރީ އީރާނުގެ މިސައިލެއް ކަމަށެވެ. އެކަމާހެދި، ނުރައްކަލުގެ އިންޒާރު ދިނުމަށްފަހު އެތައް މިލިއަން މީހުން ބިންގަރާސްތަކަށް ވަދެ ފިލާފައި ވެއެވެ.
އީރާނުގެ މިސައިލް ހަމަލާތަކުގެ ވަރުގަދަކަމުން، އިއްޔެއަކީ އިސްރާއީލު އެންމެން، ބިންގަރާސްތަކުގައި އެންމެ ގިނަވަގުތު ތިބެންޖެހުނު ދުވަހެވެ. އިސްރާއީލުގެ ވެރިޔަކަސް، ފުލުހަކަސް، އާންމުންގެ މީހަކަސް، އެއްވެސް ވަރަކަށް ބޭރަށް ނުނިކުމެވި އިއްޔެ ސާޅީހަކަށް މިނެޓް ބިންގަރާސްތަކުގައި ތިބެންޖެހުނެވެ. މާގިނައިރު އަދި ގިނަގިނައިން ބިންގަރާސްތަކުގައި ތިބޭންޖެހުމުން އާންމުންގެ ރުޅި މައްޗަށްގޮސް ބޮޑެތި ހަމަނުޖެހުންތައްވެސް ހިނގާފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވީ އެންމެ ބޮޑަކަށް އީރާނަށް ފިއްތުންތައް ކުރިމަތި ކުރަން އެމެރިކާއިން ނިންމައިފި
ދުވަހެއް ކުރިން

އީރާނުގައި މުޒާހަރާ ކުރީ އެމެރިކާ ބައިއަތު ހިފައިގެން ކަމަށް ފަޅާ އަރައިފި
2 ދުވަސް ކުރިން

އެމެރިކާއިން އީރާނަށް ދިގުދެމިގެންދާ ހަނގުރާމަ އެއް ކުރަން ރާވަން އުޅޭކަން ހާމަވެއްޖެ
3 ދުވަސް ކުރިން

އީރާނުގެ ބެލިސްޓިކް މިޗައިލް ޕްރޮގްރާމަކީ މަޝްވަރާގެ މޭޒަށް ހުސަހެޅޭނެ މައުލޫއެއް ނޫން؛ އާޔަތުالله އަލް-ޙާމަނާޢީ
5 ދުވަސް ކުރިން


.gif&w=3840&q=75)