
އަސްލު ރޯދަ ރަހަ - މިންޓް ޗިކަން
އަސްލު ރޯދަ ރަހަ - މިންޓް ޗިކަން

ޔޫޝައު ހަސަން - 24 މާރިޗު 2023 - 08:23
މިންޓް ޗިކަން
ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 20 މިނެޓް
ތައްޔާރުކުރެވޭ މިހުންގެ އަދަދު: 4
ބޭނުންވާ ތަކެތި:
ބޯންލެސް ޗިކަން ( 2 މަސްބުރި ކުދިކޮށް ކޮށާފައި)
1 ލޮނުމެދު ކޮޅު (ގާނާލައިފައި) - ލޮނުމެދު ޕޭސްޓްވެސް ބޭނުން ކުރެވިދާނެ
1/2 ޖޯޑު ފުށް
1/2 ޖޯޑު މާޖިިރިން
1/4 ޖޯޑު ލުނބޯ ހުތް
1/2 ޖޯޑު މިންޓް ފަތް (ކުދިކޮށް ކޮށާފައި)
ތައްޔާރުކުރާނެ ގޮތް:
ފިޔަވަޅު - 1
ކުޑަ ބޯތަށްޓެއްގެ ތެރެއަށް ކޮށާފައިހުރި ކުކުޅު ކޮޅާއި ގާނައިފައިހުރި ލޮނުމެދުކޮޅު އަޅައި އެއްކޮށްލާށެވެ. ދެން އެއަށްފަހު އޭގެ ތެރެއަށް ފުށްކޮޅު އަޅާލައިފައި ކުކުޅުމަސްކޮޅު ތައް ރަނގަޅަށް ފުށާއި އެކުވެލަންދެން އެއްކޮށްލުށްފަހު ބާކީހުރި ފުށާއި މަސްކޮޅުތައް ވަކިކޮށްލާށެވެ.
ފިޔަވަޅު - 2
ތަވާއެއްގެ ތެރެއަށް މާޖިރީންކޮޅު އެޅުމަށްފަހު މާޖިރީންކޮޅު ރަނގަޅަށް ވިރެންދެން މެދު ގިނީގައި ހޫނުކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކުކުޅުމަސްކޮޅު އަޅާލައިގެން މަސްކޮޅުތަކުގެ ބޭރަށް މުށިކުލަ އަރަންދެން ހަނާކޮށްލާށެވެ.
އެއަށްފަހު މަސްކޮޅުތަކުގެ ތެރެއަށް ލުނބޯހުތް ކޮޅާއި މިންޓްފަތްކޮޅު އަޅާލައިގެން އެއްކޮށްލުމަށްފަހު ތަވަލުގެ މަތިޖަހާލައި މަޑުގިނީގައި 5 ވަރަކަށް މިނެޓް ހަނާކޮށްލާށެވެ.
"5 މިނެޓް ވުމުގެ ކުރިންވެސް މަސްކޮޅު ރަނގަޅަށް ހަނާކޮށްލެވުމުން އުނދުންމަތިން ތަވާ ބާލާށެވެ. ކުކުޅު މަސްކޮޅުތައް މާބޮޑަށް ކެއްކިއްޖެނަމަ ހަރުވުން އެކަށީގެންވެއެވެ."
ނަތީޖާ:
ކެލޮރީ: 328
ސަރުބީ: 23 ގްރާމް
ކަރބްސް: 14 ގްރާމް
ޕްރޮޓީން: 16 ގްރާމް
އަސްލު ރޯދަ ރަހަ މިތީ 1444 ވަނަ އަހަރުގެ ރޯދަމަހާއި ގުޅިގެން މި އަހަރުގެ ރޯދަމަހުގައި ކިޔުންތެރިންގެ ސުފުރާތައް ފަޅުފިލުވުމުގައި އަސްލު ޓީމުގެ ބައިވެރިވުން ދިނުމުމުގެ ގޮތުން ގެނެސްދެވޭ ސިލްސިލާ ސެގްމެންޓެކެވެ.
މި ސެގްމެންޓް ގެ ދަށުން ކޮންމެ ދުވަހަކުވެސް ތަފާތު ކޮންމެވެސް އެއް ބާވަތެއްގެ ކާނާއެއްގެ ރެސިޕީ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް
ފޭސް 2ގަި ބިނާ ކުރާ ދެ މިސްކިތުގެ ބޮޑުބައި ނިންމާލައިފި
7 ގަޑިއިރު ކުރިން
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާޢިމްކޮށްފި
7 ގަޑިއިރު ކުރިން

ޝިޔާމް އަށް ފުލުހުންގެ ވަޒީފާ އަލުން އިއާދަ ކުރަން އަމުރުކޮށްފި
9 ގަޑިއިރު ކުރިން

ހިތަދޫ އުތުރު ދާއިރާގައި ވޯޓްލުމުގެ ހައްގު 4،114 މީހަކަށް ލިބިގެންވޭ: އިލެކްޝަންސް ކޮމިޝަން
10 ގަޑިއިރު ކުރިން


.gif&w=3840&q=75)