
އެޑިއުކޭޝަން މިނިސްޓަރ ފައިނު ސްކޫލަށް ޒިޔާރަތް ކުުރުން
އެޑިއުކޭޝަން މިނިސްޓަރ ފައިނު ސްކޫލަށް ޒިޔާރަތް ކުރައްވައިފި

ޔޫޝައު ހަސަން - 06 މާރިޗު 2023 - 17:49
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ރ ފައިނު ސްކޫލަސް ޒިޔާރަތް ކުރައްވައި އެ ސްކޫލުގެ ހާލަތު ބައްލަވައިފިއެވެ.
އެ ގޮތުން މި ޒިޔާރަތުގައި އެ ކަމަނާ ވަނީ އެ ސްކޫލުގެ އިސްވެރިންނާއި ދަރިވަރުންނާއި ޕީޓީޯއޭއާއި ބައްދަލުކުރައްވައި އެ ބޭބޭފުޅުންގެ ޝްުއޫރުތައް އައްސަވައިފައެވެ.
އަދި މި ބައްދަލުކުރެއްވުމުގައި އެމަނާ ވަނީ ސްކޫލުގެ ހާލަތު ބައްލަވައި އިތުރަށް ހަރުދަނާ ކުރަން ހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި މީގެ އިތުރުންވެސް ސްކޫލުގައި ހުރި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށް އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.
މީގެ އިތުރުންވެސް މިނިސްޓަރ ވަނީ ފައިނު ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އިމާރާތް ކުރަމުންދާ 3 ބުރީގެ ކްލާސް އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައިފައެވެ.
ރ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފައިނު ކައުންސިލާވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.
ރ އަޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެ އަތޮޅު ކިނޮޅަހާއި އިނގުރައިދޫ ގެ އިތުރުން ރަސްމާދޫ އިންނަމާދޫ އަށް ޒިޔާރަތްކުރައްވައި އެރަށުގެ ސްކޫލުތަކަށް ޒިޔާރަތް ކުރައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަނެއްކާވެސް ހަމަލާދޭން ފަށައިފި
ގަޑިއިރެއް ކުރިން

ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށްދޭ ސައިބަރ ހަމަލާތަކެއް އިތުރުވަނީ، ސަމާލުވޭ: ފުލުހުން
ގަޑިއިރެއް ކުރިން

ކާޓަހީނާ ޑައިލޮގްގެ ހެޑްސް އޮފް ޑެލިގޭޝަން ރިޓްރީޓްގައި ރާއްޖެއިން ބައިވެރިވެއްޖެ
ގަޑިއިރެއް ކުރިން


