
ވަޒީފާ އިއާދަ ކުރުމަށްފަހު ޑރ ސަލްމާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރަނީ

މުޙައްމަދު ފަޟްލޫން - 08 އޭޕްރީލު 2026 - 21:48
ޖެނީވާގައި ހުންނަވާ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަގާމު އަލުން އިއާދަކުރުމަށްފަހު ފޮރިން މިނިސްޓްރީއަށް ބަދަލުކުރަން ނިންމައިފިއެވެ.
ސަލްމާ މިވަގުތު ހުންނެވީ ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބެއްގެ ގޮތުގައެވެ. ނަމަވެސް އެކަމަނާ މާލެ ގެންނަވައި ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ކުރެއްވުމަށް މިނިސްޓްރީގެ މަގާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
ޑރ ސަލްމާ އާއި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަޒީފާއިން ވަކިކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
މި ދެބޭފުޅުން ވަޒީފާއިން ވަކިކުރީ މާފަންނު މެދު ދާއިރާގެ މަޖިލިސް މެމްބަރު އަސްމާ ރަޝީދުގެ އޯޑިއޯ އެއް ލީކުވުމާއި ގުޅިގެންނެވެ. މި އޯޑިއޯގައި އަސްމާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ އަޑު އިވިގެންދެއެވެ.
ޑރ ސަލްމާ އާއި އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ މަގާމް އަލުން އިއާދަ ކޮށްފައިވަނީ މިއަދުއެވެ.
ގުޅުން ހުރި ޙަބަރުތައް

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
8 ގަޑިއިރު ކުރިން

މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު
8 ގަޑިއިރު ކުރިން

ސީލައިފް އަންމަޓީގެ މައްޗަށް ކުށް ސާބިތެއްނުވި! ޕީޖީ އިން މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރަނީ
8 ގަޑިއިރު ކުރިން

ބީއެމްއެލް އާއި އެސްއޯއީއެމް ގުޅިގެން ކުޅިވަރުގެ ދާއިރާއިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)