logo
ޑިމޮކްރެޓިކް ޕާޓީގެ ސެނެޓް ކެންޑިޑޭޓް ޖޮޝުއާ ޓުރެކް، 3 ނޮވެމްބަރު 2026 ގައި އައިއޯވާގެ ޑެ މޮއިންގައި ހުންނަ 'އައިއޯވާ ހިސްޓޮރިކަލް ބިލްޑިންގ އެންޑް މިއުޒިއަމް' ގައި ބޭއްވި މެދުތެރޭ ދައުރުގެ އިންތިޚާބުގެ ނަތީޖާ ފާހަގަކުރުމުގެ ޙަފުލާގެ ތެރެއިން އޭނާގެ ކާމިޔާބީ ފާހަގަކުރަނީ، ފޮޓޯ: އޭބީސީ ނިއުސް

ޑިމޮކްރެޓިކް ޕާޓީގެ ސެނެޓް ކެންޑިޑޭޓް ޖޮޝުއާ ޓުރެކް، 3 ނޮވެމްބަރު 2026 ގައި އައިއޯވާގެ ޑެ މޮއިންގައި ހުންނަ 'އައިއޯވާ ހިސްޓޮރިކަލް ބިލްޑިންގ އެންޑް މިއުޒިއަމް' ގައި ބޭއްވި މެދުތެރޭ ދައުރުގެ އިންތިޚާބުގެ ނަތީޖާ ފާހަގަކުރުމުގެ ޙަފުލާގެ ތެރެއިން އޭނާގެ ކާމިޔާބީ ފާހަގަކުރަނީ، ފޮޓޯ: އޭބީސީ ނިއުސް

އެމެރިކާގެ މިޑްޓާމް އިންތިޚާބު: ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފި

profile

އާމިނަތު ޝަޒްލާ - 04 ނޮވެމްބަރު 2026 - 11:17

މި އަހަރުގެ އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގެ ދެ މަޖިލީހުގެ ވެސް އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

https://wamco.com.mv/

އަންގާރަ ދުވަހު މުޅި އެމެރިކާގައި ބޭއްވުނު މި އިންތިޚާބުގައި، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ ކޮންޓްރޯލް ޑިމޮކްރެޓުން ވަނީ އެއްކޮށް އަނބުރާ ހޯދާފައެވެ. މިއީ އިންތިޚާބާ ކުރިމަތިލިއިރު ދެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ރިޕަބްލިކަން ޕާޓީގެ ސިޔާސީ ބާރަށް ލިބުނު ވަރަށް ބޮޑު ލޮޅުމެކެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އާންމު ގޮތެއްގައި ރިޕަބްލިކަން ޕާޓީއަށް ބޮޑު ތާއީދެއް އޮންނަ ޓެކްސަސް، ކެންސަސް، އަޔޯވާ އަދި ސައުތު ކެރޮލައިނާ ފަދަ ސްޓޭޓްތަކުގެ ގޮނޑިތައް ވެސް މިފަހަރު ވަނީ ޑިމޮކްރެޓުން ކާމިޔާބުކޮށްފައެވެ. ސެނެޓުގެ އަޣުލަބިއްޔަތު އެ ޕާޓީން ކަށަވަރުކުރީ ކުރިން ރިޕަބްލިކަން ޕާޓީން ތަމްސީލުކުރަމުން ދިޔަ މެއިން، އޮހާޔޯ އަދި ޓެކްސަސް ފަދަ މުހިންމު ސްޓޭޓްތަކުގެ ގޮނޑިތައް ފުރޮޅާލުމަށްފަހުގައެވެ. ހަމައެއާއެކު، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތަށް ބޭނުންވާ 218 ގޮނޑީގެ އަދަދު ހަމަކޮށް، އެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ވެސް މިހާރު ވަނީ ޑިމޮކްރެޓުން ހޯދާފައެވެ.

މި އިންތިޚާބުގައި ވޯޓުލީ ފަރާތްތަކުން މައިގަނޑު ގޮތެއްގައި އިސްކަންދީފައިވަނީ ގައުމުގެ އިގްތިސާދީ ހާލަތަށެވެ. ޚާއްސަކޮށް ތަކެތީގެ އަގު އުފުލުމާއި، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް މި ނަތީޖާއިން ވަނީ ސާފުވެފައެވެ. މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ދާޚިލީ ސިޔާސަތުތަކާއި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ރައްޔިތުންގެ މެދުގައި އޮތް ބޮޑު ހިތްހަމަނުޖެހުން ވެސް މި ނަތީޖާއިން ވަނީ ދައްކުވައިދީފައެވެ.

މި ބޮޑު ބަދަލާއެކު، ޓްރަމްޕްގެ ރިޔާސީ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ސަރުކާރުން ބޭނުންވާ ގާނޫނުތައް ފާސްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. އަދި ކޮންގްރެސްގެ ދެ މަޖިލިސް އިދިކޮޅު ޑިމޮކްރެޓުންގެ ބާރުގެ ދަށަށް ދިއުމާ ގުޅިގެން، ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތައް ވަރަށް ގާތުން ބަލައި ތަހުގީގުކުރުމާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319