logo
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް

ގެދޮރު އިމާރާތްކުރުމަށް ދޭ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 26 ނޮވެމްބަރު 2026 - 11:26

މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށް، އެއް މިލިއަން ރުފިޔާއާ ހަމައަށް ހިލޭ އެހީ ދިނުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ ހެލްޕް ޓު ބިލްޑް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

https://wamco.com.mv/

ހައުސިންގ މިނިސްޓްރީ އިން ބުނީ މި ސްކީމަކީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމް ގެ ބައެކެވެ.

މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

ފޯމު ހުށަހަޅަން ޖެހޭނީ ހައުސިންގ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

މި ސްކީމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި މި އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ މުޅިން އަލަށް ގެ އިމާރާތްކުރުމަށާއި، މަސައްކަތް ފަށައި ނުނިމި ހުރި އިމާރާތްތައް ފުރިހަމަކުރުމުގެ އިތުރުން، ބާވެފައިވާ އިމާރާތްތައް އަލުން ބިނާކުރުމަށެވެ. އެގޮތުން، އަތޮޅުތަކުގެ ރަށްރަށުގައި ހުންނަ ގޯތިތަކަށް 200،000 (ދެ ލައްކަ) ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލޭ ސަރަޙައްދުގެ ގޯތިތަކަށް 200،000 އާއި 1،000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާނެއެވެ.

ފައިސާ ދޫކުރާނީ ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ކޮންމެ މީހަކަށް 200،000 ރުފިޔާގެ މަގުން، ގިނަވެގެން 5 މީހުންނަށެވެ.

ގެދޮރު އިމާރާތްކުރުމަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްސަންޖެހޭނީ، މި ސްކީމުގައި ބައިވެރިވާ މާލީ އިދާރާއެއް މެދުވެރިކޮށް އިސްލާމީ ޝަރީއާ ހުއްދަކުރާ ފައިނޭންސިންގ ފެސިލިޓީއެއް ނަގައިގެން ކަމަށްވެސް އުސޫލުގައިވެއެވެ.

މީގެއިތުރުން، މި އެހީ ލިބިގެން އިމާރާތްކުރާ ގެދޮރު، އެހީ ލިބޭތާ 25 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައިފިނަމަ، ސަރުކާރުން ދިން އެހީގެ ފައިސާ އަނބުރާ ދައްކަންޖެހޭނެއެވެ.

މި ސްކީމުގެ ދަށުން އެހީއަށް އެދި ހުށަހެޅޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި؛ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުމާއި، ގޯތި އޮތް ރަށުގައި ދިރިއުޅޭ މީހަކަށްވުން ހިމެނެއެވެ. ރާއްޖޭގެ އެއްވެސް ސަރަޙައްދަކުން ދިރިއުޅެވޭ ފަދަ އެކަށީގެންވާ ގެދޮރެއް ނެތް މީހަކަށްވުމުގެ އިތުރުން، އެމީހަކު ދިރިއުޅޭ ރަށުގައި އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައިވެސް އެފަދަ ތަނެއް ރަޖިސްޓްރީވެފައި ނެތުން ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319