
އަލިފާނުގެ ހާދިސާގައި މިލަނދޫގައި 3 ޑިންގީ އަނދާ އަޅިއަށް

މުހައްމަދު މުޝްރިފް - 02 ޖޫން 2026 - 07:35
ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޯވެ، ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ މިލަންދޫ ފައިބަރު މަސައްކަތްކުރާ ސަރަހައްދުގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:09 އެހައިކަންހާއިރު ކަމަށެވެ.
ގިނަ ބައެއްގެ ބުރަ މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ހާދިސާ ހިނގިތަން ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އަލިފާންގަނޑު ގަދައަށް ފެތުރެން ފެށުމުން، އެތަނުން އުޅަނދުތައް ދުރަށް ޖެއްސުމަށް މީހުން މަސައްކަތް ކުރާ މަންޒަރު އެ ވީޑިއޯތަކުން ފެނެ އެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް ތިން ޑިންގީއަކާއި ފައިބަރު މަސައްކަތް ކުރަން ގެންގުޅޭ ބައެއް ސާމާނާއި އެ ތަނުގައި ވެސް ވަރަށް ބޮޑަށް ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެރަށުގެ އާންމުންގެ ފަރާތުން މައުލޫމާތު ލިބޭގަތުގައި ފުރަތަމަ އަލިފާން ރޯވިި ކަމަށް ބެލެވެނީ މަސައްކަތް އެއްކޮށް ނިމިފައި އޮތް، ޑިންގީއެއްގައި ކަމަށެވެ.
އަލިފާންގަނޑު ހަލުވިކަމާ އެކު، ފެތުރިގެން ދިއުމުގެ ސަބަބުން ކައިރީގައި ހުރި އެހެން އުޅަނދުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އަލިފާނުގެ ސަބަބުން މާލީ ގޮތުން ވެސް އެތަނަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބޭނެ ކަމަށެވެ.
މި ނުރައްކާތެރި އަލިފާނުގެ ހާދިސާ މެދުވެރިވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަރުހޫމް ހަލީމްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި
2 ގަޑިއިރު ކުރިން

ރައީސްގެ އަމިއްލަފުޅު ދަތުރުފުޅުތަކަށް ދައުލަތުން ޚަރަދެއް ނުކުރޭ، ފަތުރަނީ ދޮގު ޚަބަރު: އިޤްބާލް
3 ގަޑިއިރު ކުރިން

ބ. މާޅޮހު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފި
5 ގަޑިއިރު ކުރިން

މިފްކޯ އިން މަސްވެރިންނަށް ހުސްވި މެއި މަހު 31 މިލިއަން ރުފިޔާ ދޫކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)