logo

ބަޙްރެއިންއާއި ކުވައިތަށް ދިން ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

profile

އާމިނަތު ޝަޒްލާ - 04 ޖޫން 2026 - 12:22

ބަޙްރެއިންއާއި ކުވައިތުގެ އާންމުން ދިރިއުޅޭ ތަންތަނާއި މުހިއްމު ބިނާތަކަށް ދިން މިސައިލާއި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަން ދިވެހި ސަރުކާރުން މިކަން ހާމަ ކޮށްފައިވަނީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ.

https://wamco.com.mv/

ޚާރިޖީ ވުޒާރާއިން ބުނީ މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވެއިތުގެ ސިޔާދަތަށް ހުރަސްހެޅި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާތެރި ކަމެއް ކަމަށް ރާއްޖޭން ދެކޭކަމަށެވެ. އަދި ދިވެހިރާއްޖޭން އަބަދުވެސް ބަޙްރެއިން އަދި ކުވައިތާ އެކުގައިވާ ތިބޭނެކަމަށާއި އެ ދެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށެވެ.

އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިއްޔެ އީރާނުން ވަނީ ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަަމަލާތަކުގައި އެކަކު މަރުވެ، 63 މީހަކަށް އަނިޔާވެފައިވާ ކަމަށް ކުވައިތުގެ ހެލްތު މިނިސްޓްރީން ބުނެއެެވެ.

އެމެރިކާއިން އިސްވެ، ޞަހްޔޫނީން ރުއްސުމަށް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28 ގައެވެ. އެޕްރީލު 8 ގައި ދެ ފަރާތުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފެށި ނަމަވެސް، ހަނގުރާމައިގައި އެމެރިކާއާއި ޔަހޫދީ ފައުޖުން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 3,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk