
ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް އަޅާ ވެމްކޯގެ ހިދުމަތް ފެށުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުން / ފޮޓޯ: ރައީސް އޮފީސް
ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް އަޅާ ވެމްކޯގެ ހިދުމަތް ވެސް ފަށަނީ

އައިޝަތު އިބްރާހިމް - 21 ސެޕްޓެމްބަރު 2025 - 05:20
ފ. ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމު ކުރުމާއި އެކު ކުނި މެނޭޖްކުރުމުގެ ހިދުމަތް ފެށުމަށް ކައުންސިލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިއުލް ސްޓޯރޭޖްގެ މަސައްކަތް ހަވާލުކުރީ ދައުލަތުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތާއި ހަވާލުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ފ. އަތޮޅުގެ ނިލަންދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެގޮތުން ފިއުލް ސްޓޯރޭޖް އެޅުމަށް އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ސިމާދު އިބްރާހިމެވެ. އަދި އިޝާން އިވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރު، އުއްމު ކުލްސޫމެވެ.
ފާފު އަތޮޅުގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއުގައި ސޮއިކުރުން / ފޮޓޯ: ރައީސް
ވެމްކޯގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހްމަދު މުޖުތަބާއެވެ. ނިލަންދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަލީ އަހްމަދުއެވެ.
މި މަޝްރޫއުތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ހާއްސަ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ ރޭޓް ގައި ތެޔޮ ލިބޭނެ ނިޒާމު ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
"އެސްޓީއޯ އާއި ހަވާލު ކުރެވުނު މަޝްރޫއުގެ ތެރެއިން ކަނޑައެޅިފައި ހުރި ހުރިހާ ރަށެއްގައި ފިއުލް ސްޓޯރޭޖްތައް ގާއިމް ކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ބަޔަކާއި ހަވާލު ކޮށްގެން ރީފެބްރިކޭޝަން މަސައްކަތް ކުރިއަށް ގެންދަނީ. މިހާރު ގާތް ގަނޑަކަށް ނިމުމަކާއި ހަމައަށް ގޮސްފައި ވަނީ، ނޮވެމްބަރު މަސްތެރޭގައި ޑެލިވާ ކުރެވިގެން އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ" ރައީސް
މިހާރު ތާވަލް ކުރެވިފައި އޮތް ގޮތުން މިއަންނަ އަހަރުގެ މާޗް މަހާއި ހަމައަށް ދާއިރު އަތޮޅަކުން މަދުވެގެން އެއް ރަށުގައި މި މަސައްކަތް ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަ އެގޮތުން ރަނގަޅު ފެންވަރެއްގައި ކުނި މެނޭޖް ކުރުމަށް ކައުންސިލާއި ވެމްކޯއާއި ދެމެދު ވެވުނު އެއްބަސް ވުމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރެއްގައި ކުނި މެނޭޖް ކުރުމަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ އެވޯޑް 6 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ
9 ގަޑިއިރު ކުރިން

ދިރާސީ އައު އަހަރަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި
11 ގަޑިއިރު ކުރިން

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
11 ގަޑިއިރު ކުރިން

ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތަށް ދަށަށް ގޮސްފި
12 ގަޑިއިރު ކުރިން


