logo

ޕީޖީކަމުން ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

profile

އާމިނަތު ޝަފާ - 22 އޯގަސްޓު 2024 - 13:13

ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މިގޮތައް ފާސްކުރީ ތުހުމަތުތަކަށް ޖަވާބުދާރިވުމުގެ ފުރުސަތު ޝަމީމަށް ދިނުމަށްފަހުއެވެ. މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓު ނުދެއްވަނީ އެމްޑީޕީގެ ދެ މެންބަރުންނެވެ. އެއީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްއާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ.

މި މައްސަލައިގައި ޖަވާބުދާރީވުމުގެ މައްސަލަތަކާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔެކިޔުން ކޮމިޓީ ފެށުނުއިރުވެސް ހުށަހަޅާފައިނުވާކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކްވަނީ ވިދާޅުވެފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދު އޭނާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރާތީ އެ ކޮމިޓީގެ ބައްދަލުވުން ސިއްރު ނުކޮށް، ޢާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް އޭނާވަނީ އެދިވަޑައިގެންފައެވެ. އެހެންނަމަވެސް 10:30 ގައި ބޭއްވި ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ. އިއްޔެގެ ނިޔަލަށް އެ މައުލޫމާތުތައް ހޯދުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ޕީޖީ ޝަމީމު ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއަށް ހުށަހެޅުއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

ޝަމީމް މަގާމުން ވަކިކުރުމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ގާނޫނު އަސާސީއާ ހިލާފަށް ޝަމީމް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެއެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން 20 ވަނަ މަޖިލީހަށް ހުށަހަޅާފައިވާއިރު މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޕީޖީގެ މަގާމުން ޝަމީމް ވަކިކުރެވޭނީ، އެ މަސައްކަތް ފެށުމަށް ކޮމިޓީން ނިންމުމުންނެވެ. އެއަށް ފަހު އެ މައްސަލަ ތަޅުމުގައި އިއުލާނުކުރާއިރު، ވަކިކުރުމާ މެދު ގޮތެއް ނިންމައި ތަޅުމަށް ހުށަހަޅާނީ އޭގެ ފަހުންނެވެ.

https://int.etukuri.mv/
tel:+9607331319