logo

ސާފުތާހިރުކަމުގެ މިންގަނޑާއި ހިލާފުވެގެން 6 ކެފޭއެއް ބަންދުކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 26 އޯގަސްޓު 2024 - 12:14

މިންގަނޑުތަކާ ހިލާފަށް ހިންގަމުންދާ 6 ކެފޭއެއް ބަންދުކުރަން ދިން ނޯޓިސް

މިންގަނޑުތަކާ ހިލާފަށް ހިންގަމުންދާ 6 ކެފޭއެއް ބަންދުކުރަން ދިން ނޯޓިސް

ހުޅުމާލޭ ފޭސް 2 ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާއި ހިލާފަށް ހިންގާ 06 ކެފޭއެއް ބަންދުކުރަން ނޯޓިސް ދީފި އެވެ.

މި ހަ ކެފޭ ބަލާ ފާސްކޮށްފައިވަނީ އިމިގްރޭޝަން، ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީއާއި އެމްއެފްޑީއޭގެ އިތުރުން އެޗްޕީއޭ އިން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގަ އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ އޮޕަރޭޝަންގައި ފޭސް 2 ސަރަހައްދުގައި ހިންގަމުން އަންނަ 08 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 6 ކެފޭއެއް މިންގަނޑުތަކާ ހިލާފަށް ހިންގަމުންދާތީ ބަންދުކުރަން ނޯޓިސް ދީފައިވާ ކަމަށެވެ.

މީގެއިތުރުން ސައްހަ ވިސާއެއް ނެތި މި ތަންތަނުގައި މަސައްކަތް ކުރަމުންދިއަ 04 ބިދޭސީއެއް ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން ދަނީ ސާފުތާހިރުކަމުގެ މިންގަނޑާއި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ބަންދުކޮށް މީހުން ހައްޔަރުކޮށް ޑީޕޯޓުކުރަމުން ނެވެ.

https://wamco.com.mv/
tel:+9607331319