logo

ސީއެޗްއެސްއީގެ ދެ ސްކޫލަށް ވަންނަން ހުޅުވާލައިފި

profile

އާމިނަތު ޝަފާ - 13 އޯގަސްޓު 2024 - 17:00

ދަރިވަރުންތަކެއް

ދަރިވަރުންތަކެއް

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެ އަދި މާލެގައި ހުޅުވާ ސްކޫލަށް ވަންނަން ހުޅުވާލައިފިއެވެ.

އެ ދެ ސްކޫލަށް ވަންނަން ފޯމް ހުށައަޅަން ޖެހެނީ އޮންލައިންކޮށެވެ.

އެ ދެ ސްކޫލުގެ ގުރޭޑް 11 އަށް ވަނުމުގެ ޝަތުތައް ވެސް އެޑިޔުކޭޝަނުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ސީއެޗްއެސްއީގެ ދެ ސްކޫލަށް ވަންނަން އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިޥާ ޝަރުޠުތައް:

  • 1- މެއި 2023 ގެ ފަހުން ބައިވެރިވެފައިވާ އެސ.ްއެސ.ްސީ އަދި ޖީސީއީ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެ ތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.
  • މިގޮތުން ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގ، ކޮމާރސް ބިޒްނަސް ސްޓަޑީޒް އިކޮނޮމިކްސް އަދި މެތެމެޓިކްސްއެވެ.
  • ސައިންސް ސްޓްރީމް މާއްދާތަކަށް ބެލެވޭނީ ބަޔަލޮޖީ ކެމިސްޓްރީ، ފިޒިކްސް އަދި މެތެމެޓިކްސްއެވެ.
  • އާރޓްސް ސްޓްރީމް މާއްދާތަކަށް ބެލެވޭނި ހިސްޓްރީ އާއި ޖޯގްރަފީއެވެ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީ އާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖީ، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތެމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.
  • ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާރސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެއެވެ. އިތުރު މަޢުލޫމާތު އެޕްލިކޭޝަން ފޯމާއެކު ދޫކުރާ އިންފޮމޭޝަން ޝީޓްގައި ލިބެން ހުންނާނެއެވެ.
  • ރީޗެކުގެ ކުރިން ޝަރުޠު ފުރިހަމަނުވާ ނަމަވެސ،ް ރީޗެކަށްފަހު، ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ކުއްޖެއްނަމަ އެޕްލިކޭޝަން ފޯމް ހުށައެޅިދާނެއެވެ. މިގޮތަށް ފޯމް ހުށައަޅާ ދަރިވަރުން ރީޗެކް ނަތީޖާ ދޫކުރާ ދުވަހުން ފެށިގެން 2 ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ ނަތީޖާ ހުށައަޅަންވާނެއެވެ.

2- ގުރޭޑް 12ން ފުރުޞަތު ދިނުން : މިހާރު ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރުން ފުރިހަމަކުރަން ޖެހޭ އެޑްވާންސް ސަބްސިޑިއަރީ (އޭއެސް) ލެވެލް އިމްތިހާނުތައް ފުރިހަމަކުރުމަށްފަހު ސްކޫލު ބަދަލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް، ސްކޫލުގައި ޖާގަ އޮތް މިންވަރަށް، ސީއެޗްއެސްއީ މާލެ އަދި ސީއެޗއެސްއީ ހުޅުމާލެ، މި ދެ ސްކޫލުންވެސް ފުރުސަތު ދެވޭނެއެވެ.

3- ބީޓެކް ކޮމްބިނޭޝަން : މަތީ ޘާނަވީ (ކީ ސްޓޭޖް 5) މަރުހަލާގައި ބީޓެކް މާއްދާތައް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސީއެޗްއެސްއީ ހުޅުމާލެ، މި ސްކޫލުން ފުރުސަތު ލިބޭނެއެވެ.

– ޕިއާރސަން ބީޓެކް އިންޓަރނެޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި ޕިއާރސަން ބީޓެކް އިންޓަރނެޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާ ކޯހެއް ވަނުމުގެ ޝަރުޠުތައް:

– ޕިއާރސަން ބީޓެކް އިންޓަރނެޝަނަލް ލެވެލް 2 ޑިޕްލޮމާ ކޯހަކުން ދަށްވެގެން “PASS “ލިބިފައިވުން ނުވަތަ

– އައިޖީއެސްސީޖީސީއީ އޯލެވެލް އިމްތިޙާނާއި އެސްއެސ.ްސީ އިމްތިޙާނުން ކޮންމެވެސް 4 މާއްދާއަކުން )ކޯހާއި ގުޅޭ 2 މާއްދާ ހިމެނޭގޮތަށް( ދަށްވެގެން C ފާސް ލިބިފައިވުން.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާކަން 21 އޮގަސްޓު 2024 ފެށިގެން އަންގަމުންދާނެއެވެ. އަދި ޖާގަ ލިބިފައިވާ ސްކޫލުން ދަރިވަރުންގެ އީމެއިލަށް ސްކޫލުގައި ރަޖިސްޓްރީވުމާ ބެހޭ އިރުޝާދު ފޮނުވާނެ ކަމަށެވެ.

tel:+9607331319