logo

ސީއެޗްއެސްއީގެ ދެ ސްކޫލަށް ވަންނަން 1000 އަށްވުރެ ގިނަ ފޯމް

profile

އާމިނަތު ޝަފާ - 22 އޯގަސްޓު 2024 - 12:00

ސީއެޗްއެސްއީ އަށް ގިނަ އަދަދެއްގެ ދަރިވަރުން ވަންނަން ވަނީ ހުށަހަޅާފައި

ސީއެޗްއެސްއީ އަށް ގިނަ އަދަދެއްގެ ދަރިވަރުން ވަންނަން ވަނީ ހުށަހަޅާފައި

ސީއެޗްއެސްއީގެ ދެ ސްކޫލަށް ވަންނަން 1000 އެއްހާ ދަރިވަރުން ފޯމް ހުށައަޅައިފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ސީއެޗްއެސްއީ ހުޅުމާލެ ސްކޫލަށް ވަންނަން ފޯމް ހުށަހެޅި 600 އެއްހާ ދަރިވަރުންނާއި ސީއެޗްއެސްއީ މާލެ އަށް ވަންނަން ފޯމް ހުށައެޅި 400 ދަރިވަރުންނެއެވެ.

ސީއެޗްއެސްއީ މާލެ އާއި ސީއެޗްއެސްއީ ހުޅުމާލެ އަށް ވަންނަން ހުޅުވާލީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ފޯމް ހުށަަޅަން ވަކި މުއްދަތެއް ދީފައެއް ނުވެއެވެ.

ސީއެޗްއެސްއީ މާލެ ގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަބީރާ ވިދާޅުވީ، އިއްޔެއާ ހަމައަށް އެ ސްކޫލަށް ވަންނަން 400 އަށްވުރެ ގިނަ ދަރިވަރުން އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށާއި އެޕްލިކޭޝަން ހުށަހެޅި ކުދިންނަށް ޖާގަ ދެމުން ގެންދާ ކަމަށެވެ.

" އެޕްލައި ކުރި ކުދިންނަށް އިއްޔެއިން ފެށިގެން ޖާގަ ހަމަޖައްސަމުން މިދަނީ. މިހާނަތަށް 200 އަށްވުރެ ގިނަ ކުދިންނަށް ޖާގަ ހަމަޖައްސައިދީ، އީމެއިލް ކުރެވިއްޖެ"

ސީއެޗްއެސްއީ މާލެ ހުޅުވާއިރު އެ ސްކޫލުގައި ހުންނާނީ 16 ކުލާސްރޫމެވެ.

އަބީރާ ވިދާޅުވީ، އެ ސްކޫލުގެ ޖާގައޮތް ވަރަށް ކުދިން ނަގާނެ ކަމަށާއި އެޕްލައި ކުރި ކުދިންގެ ތެރެއިން ޝަރުޠު ހަމަވާ ހުރިހާ ކުދިންނަށް ފުރުޞަތު ދޭނެ ކަމަށެވެ.

" ވަރަށް މަދު ކުއްޖަކަށް ފުރުޞަތު ނުދެވި ދިޔަޔަސް ދާނީ"

އަބީރާ ވިދާޅުވީ، ގުރޭޑް 12ގެ ކުދިންނަށް ފުރުޞަތު ހުޅުވާލާނީ އޮކްޓޯބަރ މަހުގެ 18 ގައި އޮންނަ ޓެސްޓަށްފަހު ކަމަށެވެ. އޭރުން އެ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު އޮންނާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، ސީއެޗްއެސްއީ މާލެ ހުޅުވާއިރު، އެ ސްކޫލްގެ ކުލާސްރޫމްތައް އޭސީކޮށް ޓީވީ ވެސް ބަހައްޓާނެ ކަމަށެވެ. އަދި ކިޔަވަން ފަހި މާހައުލެއް އެ ސްކޫލުގެ ގޯތިތެރޭގައި ވެސް ހަމަޖައްސާނެ ކަމަށެވެ.

tel:+9607331319