logo

ބެއިޖިން ޔުނިވާސިޓީގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

profile

އާމިނަތު ޝަފާ - 20 އޯގަސްޓު 2024 - 17:40

ރާއްޖެއިން ބޭރުން ލިބޭ ތައުލީމީ ފުރުސަތު އިތުރުކުރުމަށް ދަނީ މަސައްކަތްކުރަމުން

ރާއްޖެއިން ބޭރުން ލިބޭ ތައުލީމީ ފުރުސަތު އިތުރުކުރުމަށް ދަނީ މަސައްކަތްކުރަމުން

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ މިހާރު ޗައިނާގއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބެއިޖިން ލޯމަލް ޔުނިވާސިޓީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

ބެއިޖިން ނޯމަލް ޔުނިވާސިޓީގައި ބޭއްވުނު މި ބައްދަލުވުމަކީ ދިވެހި ދަރިވަރުންނަށް އެ ޔުނިވާސިޓީ އިން މަތީ ތައުލީމުގެ ހާސިލުކުރުމުގެ ފުރުސަތުތަށް ފަހިކޮއްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި އެކަމަނާގެ ޕީއޭ، ވަނީ ބައިވެރިވެވަޑައިނެވިއެވެ. އަދި ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ޕްރެޒިޑެންޓް، ޕްރޮފެސަރ، ޔޫ ޖިއޮންގް، ވައިސް ޕްރެޒިޑެންޓް، ޕްރޮފެސަރ، ޖޯ ޒުއޮޔުގެ އިތުރުން އެ ޔުނިވާސިޓީގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިނެވިއެވެ.

މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ބެއިޖިން ނޯމަލް ޔުނިވާސިޓީ އާއި ޔުނެސްކޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އަންނަނީ ބޭރުގެ އެކި އެކި ޔުނިވާސިޓީތަކާއި މުއައްސަސާތަކާއި ގުޅިގެން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތު ފަހިކޮއްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

tel:+9607331319