logo

ސެނެހިޔާގައި އިންޑިއާ ޑޮކްޓަރުން އެބަ ތިބި، ނުރައްލެއް އޮތް ނަމަ ފޮނުވާލާނެ - ސަރުކާރު

profile

އަހުމަދު ޒަލީފު - 11 މޭ 2024 - 13:59

ޑިފެންސް މިނިސްޓަރ ޣައްސާން

ޑިފެންސް މިނިސްޓަރ ޣައްސާން

ސެނެހިޔާ ހޮސްޕިޓަލުގައި ތިބި އިންޑިއާ ޑޮކްޓަރުން އަދިވެސް ރާއްޖޭގައި މަސައްކަތް ކުރަމުންދާކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތްނަމަ ފޮނުވާލުން ކަަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހަރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު މޫސާ ޒަމީރް ވިދާޅުވީ، ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ 10 ސެޕްޓެމްބަރު 2012 އިން ފެށިގެން ދިވެހި ސިފައިންގެ ހިދުމަތް ދިނުމަށް ގެނެސްފައި ތިބި ޑޮކްޓަރުން ކަމަށެވެ.

"ރައީސް ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތިއްޔާ، އަޅުގަނޑުމެންނަށް މިވަގުތު އެ މީހުން ބޭނުން ކުރަން ނުޖެހެންޏާ، އެ ބޭފުޅުން ގެންދިއުމުގެ ކަންތައް އިންޑިއާ ސަރުކާރުގައި ދަންނަވައިގެން ގެންދިއުމުގެ ކަންތައް ކުރަން،".

އެހެން ނަމަވެސް މިވަގުތަށް އެ މީހުން ގެންދިއުމުގެ ބޭނުމެއް އޮތް ކަމަކަށް ސަރުކާރަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވީ، އެ ޑޮކްޓަރުން ރާއްޖޭގައި މަސައްކަތް ކުރަނީ ވަރަށް ކުރު މުއްދަތަކަށް ރޮޓޭޝަނަލް ބޭސެސްއެއްގައި ދައުލަތުން ދޫކުރާ ވިސާއެއްގައި ކަަމަށެވެ.

"އެ މީހުންގެ މަސައްކަތް ހުންނާނީ ސެނެހިޔާގައި ސިއްހީ ގޮތުން އަޅުގަނޑުމެންގެ ސިފައިންނަށާއި ސެނެހިޔާއިން ހިދުމަތް ހޯދާ މީހުންނަށް، ހަމަ ޑޮކްޓަރުން ދޭ ހިދުމަތް ދިނުން، އަދި ރޮޓޭޓްވާއިރު އަންނަ މީހުންނަކީ ރިކުއާމެންޓް އޮތްގޮތުން މިކޮޅުން އެދިގެން އަންނަ މީހުން، އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އޮންނަ ބައެއް ނޫން ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ،". ޣައްސާން ވިދާޅުވިއެވެ.

އަދި އެ މީހުންގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރުއަރާ ފަދަ ހާލަތެއް ފެނިއްޖެނަަ، އެކަން ދިވެހި ދައުލަތުން އިންޑިއާ ސަރުކާރުގައި ދައްކަވައިގެން އެ މީހުން އަނބުރާ ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

tel:+9607331319