logo

ރާއްޖެއާއި ޗައިނާއާ ދެމެދު ދިފާއި ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

profile

އާމިނަތު ޝަފާ - 13 ސެޕްޓެމްބަރު 2024 - 17:25

މިނިސްޓަރ ޣައްސާން  ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސް އެޑްމިރަލް ޑޮންގް ޖޫންއާއެކު

މިނިސްޓަރ ޣައްސާން ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސް އެޑްމިރަލް ޑޮންގް ޖޫންއާއެކު

ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމަށް ދެ ގައުމުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ 11 ވަނަ ބެއިޖިންގް ޒިއަންގްޝަން ފޯރަމްގެ ހަވާސާގެ ތެރެއިންނެވެ.

ރާއްޖޭގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާއި ޗައިނާގެ މިނިސްޓަރ އޮފް ނޭޝަނަލް ޑިފެންސް އެޑްމިރަލް ޑޮންގް ޖޫންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ދިފާއީ ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ސަރުކާރުން ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނައިރު ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ބޮޑެތި އެހީތެރިކަމެއް ވެދެމުން އަންނަ ގައުމެކެވެ.

އިގްތިސާދީ ބޮޑެތި ނިންމުންތަކެއް މި ދަނޑިވަޅުގައިވެސް ޗައިނާއާއެކު ނިންމަމުން އަންނައިރު ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ) އާ ދެމެދު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

މިކަމުގެ ސަބަބުން އިތުރަށް ދެ ގައުމުގެ އިގްތިސާދީ ގުޅުން ވަރުގަދަ ވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

tel:+9607331319