%20(600%20%C3%83%C2%97%20600px)%20(900%20%C3%83%C2%97%20500px)(1).png&w=3840&q=75)
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކެޔޮގަނޑުގެ ފޫވަށް ވެއްޓުމުން ވެސް ޖަހަނީ އުނބަށް؟

މުޙައްމަދު ފަޟްލޫން - 14 އޭޕްރީލު 2025 - 06:26
މީގެ ދުވަސްކޮޅެއް ކުރިން އިވިގެންދިޔައީ ހީވެސްނުކުރާފަދަ އަޑެކެވެ.
ސިޔާސީ ދެ ހަތުރުން މިތުރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ވާހަކައެވެ. އެކުގައި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ވާހަކައެވެ. އެމްޑީޕީ ރޫޅާލާނެ ކަމަށް ބުނެ ބޮޑުތަނުން ރޫޅާލުމަށްފަހު އަލުން ގުޅޭ ވާހަކައަކީ ހައިރާންކަމެއް ގެނުވި ބޮޑު ހަބަރެކެވެ.
ރިއެކްޓް ނުކުރައްވާތީ އެކުގައި ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވި ބޭފުޅަކު ނިސްބަތްވާ ޕާޓީއަކާއި ގުޅިގެން މަސައްކަތްކޮށް ގުޅެންޖެހޭ ކަމަށް ވިދާޅުވި ވާހަކައަކީ ހަގީގަތުގައި މި 20 ވަނަ ގަރުނުގައި ލިބޭނެ އެންމެ ބޮޑު ސަޕްރައިޒް އަކަށް ހަމަގައިމުވެސް ސިޔާސީ ގޮތުން ވެގެންދާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީ އާއި އެކު ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށް ވިދާޅުވި ވާހަކައެވެ.
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި ރައީސް ނަޝީދާއި ދެމެދު ޖެހުނީ ރިޔާސީ ޓިކެޓްގެ މައްސަލައެވެ. އިންތިހާބު ވަގަށްނެގި ކަމުގެ ތުހުމަތާއެކު ރައީސް ނަޝީދު އެމްޑީޕީ ދޫކުރަށްވައި ވަޑައިގެންނެވީ ދުވަހަކުވެސް ގުޅޭނެ ކަމަށް އުއްމީދު ކުރައްވައިގެނެއް ނޫނެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޮޑުތަނުން އެމްޑީޕީއަށް ގެއްލި ޕީއެންސީއަށް ކާމިޔާބުވުމުގައި ރައީސް ނަޝީދުގެ ބައިވެރިވުމެއް އޮތް ކަމަށް އެމްޑީޕީގެ ލީޑަރޝިޕާއި އާއްމު މެމްބަރުން ތުހުމަތު ކުރެއެވެ. އެހެން އެކަން ނުވާންވީ ސަބަބެއް ނެތެވެ.
އެމްޑީޕީއަށް ނިސްބަތްކޮށް ރައީސް ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ދަ ޑިމޮކްރެޓްސް އިން 19 ވަނަ މަޖިލީހުގައްޔާއި އެކި އެކި މުނާސަބަތުތަކުގައި ކުރި ތުހުމަތުތަކަކީ އަޑުއަހަން ފަސޭހަ އަދި ބަލައިގަތުމަށް ވާހަކަތަކެއް ނޫނެވެ.
އެމްޑީޕީއަކީ ވަށްކަމާއި ކޮރަޕްޝަނާއި ހިޔާނާތާއި ފިތުނައާއި ފަސާދައިގެ ޕާޓީއެއްގެ ގޮތުގައި ޑިމޮކްރެޓުން ސިފަކުރިއެވެ. އެމްޑީޕީގައި ތިބި ގިނަ ބޭފުޅުންނަކީ ހިޔާނާތް ފޮރުވަން މަސައްކަތް ކުރެއްވި ބޭފުޅުން ކަަމަށް ޑިމޮކްރެޓުން ތުހުމަތުކުރިއެވެ. ހުދު ރައީސް ނަޝީދުވެސް އެމްޑީޕީ އާއި އަލުން ގުޅިވަޑައިނުގަންނަވާނެ ކަމަށް ދާދި މިދާކަށް ދުވަހާއި ޖެހެންދެން ދިޔައީ ހަރުއަޑުން ވިދާޅުވަމުންނެވެ.
ހަތުރުން މިތުރުންނަށް ބަދަލުވެ ކީހާޅެން ފަރިއްސަށްވެ މިއަދު އިވެމުންދާ އަޑަކީ އެކުވެރިކަމާއެކު އެކީގައި މަސައްކަތްކުރަންޖެހޭ ވަގުތު އައިސްޖެހިއްްޖެ ވާހަކައެވެ.
ރައީސް ނަޝީދު އެމްޑީޕީ އާއި އެކުގައި ގުޅިގެން މަސައްކަތްކުރަން ބޭނުންފުޅުވާ ވާހަކަ ވިދާޅުވުމުން އެކަމުގައި އެމްޑީޕީގެ އާއްމު މެމްބަރުންގެ ތެރެއިން ބައެއް މީހުންގެ ހިތްހަމަ ނުޖެހުން އުފެދިގެންދިޔައެވެ. ނަމަވެސް ޕާޓީގެ ލީޑަރޝިޕް، ރައީސް ނަޝީދަށް މަރުހަބާ ދެންނެވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވަނީ ރައީސް ނަޝީދު އެކުގައި ގުޅިގެން މަސައްކަތް ކުރައްވަން ވިދާޅުވުމާއި ގުޅިގެން އެކަމަށް މަރުހަބާ ދަންނަވާފައެވެ. ފައްޔާޒް ވިދާޅުވީ އާއްމު މެމްބަރުންގެ ހިތް ނުތަނަވަސްކަން އެކަމުގައި ހުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ގެއްލުނު އިތުބާރު އަލުން ހޯދާނީ އަމިއްލަ ފުޅަށް ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ފައްޔާޒްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި އިމްތިޔާޒް ފަހުމީ ވެސް ވަނީ ރައީސް ނަޝީދުގެ ނިންމެވުމަށް މަރުހަބާ ދަންނަވާފައެވެ. އެމްޑީޕީގައި ތިއްބެވީ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސް އުފައްދަން ބޭއްވި ޖަލްސާގައެވެ.
ރޫޅާލާނެ ކަމަށް ހަރުއަޑުން ތަކުރާރުކޮށް ވިދާޅުވި ބޭފުޅާ މިއަދު ފެނިގެންދަނީ އެނިންމުން އަނބުރާ ގެންދެވި މަންޒަރެވެ. ފަހަރުގައި އެއީ އެމަނިކުފާނަށް އެޅުނު ޅައެއްޗަަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ސިޔާސީ މަސައްކަތަކީ އެއްވެސް އިރެއްގައި ފަސޭހަ މަސައްކަތެއް ނޫން ކަަމަށް ބައެއް ބޭފުޅުން ބުނެއުޅެއެވެ. އޭގެ އެއް މިސާލަކީ އެކުވެރިކަމުގައި އުޅުނު ދެ މިތުރުން ހަތުރުން ނަށް ބަދަލުވެގެންދިޔަ ގޮތެވެ. އެއް ދުވަސްވަރެއްގައި ބެސްޓްފްރެންޑްގެ ގޮތުގައި ދެކުނު އެކުވެރިޔާ ސިޔާސީ ގޮތުން އެންމެ ބޮޑު ދުޝްމިނަކަށް ބަދަލުވެ އޭނާގެ މައްޗަށް ހިޔާނާތާއި ވައްކަމުގެ ތުހުމަތުކުރި ދުވަސްވެސް މާޒީއާއި އެކުވެގެން ހިނގައްޖެއެވެ.
ރައީސް ސާލިހް ރައީސް ނަޝީދަށް އެމްޑީޕީ އާއި ގުޅުމަށް ދައުވަތުދެއްވި ނަމަވެސް އެދައުވަތު ކުރިން ރައީސް ނަޝީދު ގަބޫލު ނުކުރެއްވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސާލިހަށް ކާމިޔާބު ލިބިވަޑައިނުގަތް ދެވަނަ ބުރަށް ދިޔަ ހިސާބުންވެސް ރައީސް ނަޝީދާއި އެކު ނުސީދާ މަޝްވަރާތަކެއް ކުރެވުނެވެ. ނަމަވެސް ދެވަނަ ބުރުގައިވެސް އެމްޑީޕީ އާއި އަލުން ނުގުޅޭނެ ކަމަށް ވިދާޅުވިއެވެ.
މިއަދުވެސް އެމްޑީޕީ އިން ގަބޫލުކުރަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބީވެގެން ދިޔައި ރައީސް ނަޝީދުގެ ސަބަބުން ކަމަށެވެ. މިހިސާބުން އުފެދޭ ސުވާލަކީ އަލުން ރައީސް ނަޝީދު އެމްޑީޕީ އާއި ގުޅިވަޑައިގެންފިނަމަ ޕާޓީގެ ކުރިމަގަށް ވެގެންދާނެ ގޮތެވެ. އެމްޑީޕީގެ ކުރިމަގު އުޖާލާވާނީ ރައީސް ނަޝީދާއި އެކުގައިތޯ ނުވަތަ ނޫންތޯ ނިންމާނީ އާއްމު މެމްބަރުންވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ ޕްރައިމަރީ: ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާއެއް ބުދަ ދުވަހުގެރޭ
2 އަހަރު ކުރިން

އެމްޑީޕީ ޤައުމީ މަޖިލިސް މިރޭ ބާއްވަނީ
2 އަހަރު ކުރިން

ރިޔާސީ ޕްރައިމަރީ އިންސާފުވެރިވާނެ ކަމަށް އަދިވެސް ޤަބޫލެއް ނުކުރަން - އަލީ އާޒިމް
2 އަހަރު ކުރިން

އެމްޑީޕީގެ ހަރުގެ ނަޝީދު ބޭނުންކުރެއްވީ ހުއްދަ ނުހޯދާ - ފައްޔާޒު
2 އަހަރު ކުރިން