logo
ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ފުލުހުންގެ އޮފިސަރ 33އ އަލީ ނާފިއު

ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ފުލުހުންގެ އޮފިސަރ 33އ އަލީ ނާފިއު

ބަންޑުންޖަހާލި ބޯޓު ފުރާފައިވަނީ ލ.އަތޮޅަކުން ނޫން، ތ.އަތޮޅުން: ފުލުހުން

profile

ރިޟްވާން މޫސާ - 06 އޯގަސްޓު 2026 - 11:25

އަޑިޔަށް ދިޔަ ސްޕްލައި ދޯނިން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން ފަށާފައި ވާއިރު މި ސަޕްލައި ދޯނި ފުރާފައިވަނީ ލ. އަތޮޅުން ނޫން ކަމަށާއި، މި ދޯނި ފުރާފައިވަނީ ތ.އަތޮޅުން ކަމަށް ފުލުހުން ބުނެފި އެވެ.

https://wamco.com.mv/

ފުލުހުން ބުނީ މި ދޯނި ލ. އަތޮޅުން ފުރާފައިވާ ކަމަށް ބުނެވުނު ވާހަކަ އަކީ އޮޅުމެއެް ކަމަށެވެ. އަދި މި ދޯނި ފުރާފައިވަނީ ތ. އަތޮޅު މަޑިފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ކަމަށެވެ.

ސަޕްލައި ދޯނި ބަންޑުން ޖަހާލި މި ހާދިސާގައި ފުލުހުންގެ އޮފިސަރަކާއި އެމްއެންޑީއެފްގެ އޮފިސަރެއްގެ އިތުރުން ސަޕްލައި ދޯނީގެ ކައްޕިވެސް ގެއްލިގެން ހޯދުމުގެ މަސައްކަތް ވަނީ އެ ވަގުތުން ފެށިގެން ފަށާފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ގައި ބަންޑުން ޖަހާލާފައި ވަނީ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެކެވެ. މި ދޯންޏަކީ 2026 އޯގަސްޓް 2 ވަނަ ދުވަހު ތިލަފުށިން ހިލައާއި ހިލަވެލި ފަދަ މުދާ ބަރުކޮށްގެން އެކި ރަށްރަށަށް ދަތުރުކުރަމުންދިޔަ ދޯންޏެކެވެ.

މި ދޯނި ތ. މަޑިފުށިން ފުރައިގެން ހުވަދޫ ކަނޑުން ދަތުރުކުރަމުން ދަނިކޮށް، ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 އޯގަސްޓް 5 ވާ ބުދަ ދުވަހުގެ ރޭ 22:40 އެހައިކަންހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ފެށި ނަމަވެސް، މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ މުދަލާއެކު އެއްކޮށް އަޑިއަށް ގޮސްފައެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ޖުމްލަ 8 މީހުން ތިއްބެވެ. އޭގެ ތެރެއިން 5 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ފުލުހަކާއި ސިފައިންގެ ބޭކަލަކު ވަނީ ގެއްލިފައެވެ.

ގެއްލިގެން ހޯދަމުން ދަނީ ތ.މަޑިފުށި ދޮންވެލި ގޭ އުމުރުން 35 އަހަރުގެ މުހައްމަދު ހަމްދޫން އާއި، ފުލުހުންގެ އޮފިސަރެއް ކަމަށްވާ އުމުރުން 33 އަހަރުގެ އަލީ ނާފިއުގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓު އުމުރުން 39 އަހަރުގެ އިބްރާހިމް އަހުމަދެވެ.

ގެއްލިގެން ހޯދަމުންދާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުން އަންނަ އިރު މިވަގުތު ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއްވެސް އޮޕަރޭޝަނުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

https://wamco.com.mv/
tel:+9607331319