
މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ކޮމަންވެލްތުގެ ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ: ނާޒިމް

މުޙައްމަދު ހަފީޒް - 08 ފެބްރުއަރީ 2025 - 12:26
މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން ޑިޖިޓަލް ވެށީގައި ކުރިމަތިވަމުންދާ، ފޭކް ނިއުސްއާއި މަސްނޫޢީ މީޑިއާއަށް މުޖުތަމައު އަހުލުވެރިކޮށް، ކޮމަންވެލްތުގެ ގައުމުތަކުން ޢާންމުންގެ ހޭލުންތެރިކަމަށް މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް މިހެން ވިދާޅުވީ މިހާރު އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި ވާހަކަފުޅުދައްކަމުންއެވެ.
ނާޒިމް ވިދާޅުވީ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން، މިއަދުގެ ޑިޖިޓަލް ވެށީގައި ކުރިމަތިވަމުންދާ، ފޭކް ނިއުސްއާއި މަޞްނޫޢީ މީޑިއާއަށް މުޖުތަމައު އަހުލުވެރިކޮށް، ކޮމަންވެލްތުގެ ޤައުމުތަކުން ޢާންމުންގެ ހޭލުންތެރިކަމަށް މަސައްކަތް ކުރަންވާ ކަމަށެވެ.
ނާޒިމްގެ ވާހަކަފުޅުގައި ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި ފޭކް ނިއުސްއާއި ސިންތެޓިކް މީޑިއާގެ ސަބަބުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ޑިމޮކްރަސީއަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މި ކޮންފަރެންސްގައި ބަހުސްކޮށްފައިވާ މައުޟޫޢަކީ، ފޭކް މިޑިއާއާއި މަސްނޫޢީ މީޑިއާގެ އުފެއްދުމުގެ ޒަމާނުގައި، މީސްމީޑިއާގެ ޕޯސްޓްތަކަށް ލައިކު ޖެހުމާއި، ވޯޓު ދޭއިރު، ޑިމޮކްރެސީގެ މިނިވަން ވެށި ޙިމާޔަތްކޮށް ހަރުދަނާ ކުރުމުގައި ކޮމަންވެލްތުގެ ޕާލަމެންޓުތަކަށް އަދާކުރެވިދާނެ ދައުރާ ބެހޭ ގޮތުންނެވެ.
ފޭކް ނިއުސްގެ ދާއިރާއިން ކުރެވިފައިވާ ދިރާސާތަކަށް އަލިއަޅުއްވައިލައްވަމުން ނާޡިމް ވިދާޅުވީ، މީސްމީޑިއާގައި ފެތުރޭ ދޮގު މަޢުލޫމާތަކީ، ހަގީގީ ތެދު މަޢުލޫމާތަށް ވުރެން ހަ ގުނަ ބާރަށް ފެތުރޭ މަޢުލޫމާތު ކަމަށެވެ. އަދި ކޮމަންވެލްތުގެ ޤައުމުތަކުން، ތަޢުލީމީ ނިޒާމުގައި ބޭނުންކުރުމަށް މީޑިއާ ލިޓްރެސީ ކަރިކިއުލަމެއް އެކުލަވާލުމަށް ގޮވައިލެއްވިއެވެ.
"ފޭކް ނިއުސް އާއި މަޞްނޫޢީ މީޑިއާއިން ހަމައެކަނި މުޖުތަމަޢާއި ފަރުދުންނަށް އޮޅުވާލަނީކީއެއް ނޫން. އެއީ، މުޅި ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކޮށްލައި ހަލަބޮލިކޮށްލާ ވަސީލަތެއް." ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙުމަދު ނާޡިމް
ނާޒިމްގެ ވާހަކަފުޅުގައި ހުށަހެޅުއްވީ، ޕްރައިމަރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ތަޢުލީމާ ހަމައަށް ހުރިހައި ޢުމުރުފުރައަކާ ގުޅޭ މަންހަޖެއް އެކުލަވާލުމަށް ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންއިން ވޯކިން ގްރޫޕެއް އެކުލަވާލުމަށެވެ. އަދި އެފަދަ ވޯކިން ގްރޫޕެއްގައި ރާއްޖެއިން ފުރިހަމައަށް ބައިވެރިވާނެ ކަމުގެ ޔަޤީންކަންވެސް ނާޒިމް ވަނީ ދެއްވާފައެވެ.
އޭގެ އިތުރުން، އެމަނިކުފާނު ހުށަހެޅުއްވީ، ކޮމަންވެލްތުގެ ޤައުމުތަކުގެ ސްކޫލްތަކުގައި މީޑިއާ ލިޓެރެސީގެ މާއްދާ ކިޔަވައި ދިނުމަށާއި އެކަމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކޮށް ވަސީލަތްތައް ކަނޑައެޅުމުގައި ގައުމުތަކުގެ ޕާލަމެންޓުން އެހީތެރިވެ ދިނުމަށެވެ.
"ފޭކް ނިއުސްއާއި މަޞްނޫޢީ މީޑިއާއިން އަޅުގަނޑުމެންގެ ޑިމޮކްރެޓިކް މުއައްސަސާތައް ޙިމާޔަތްކުރެވޭނީ ޖަމާޢަތުގެ ދިފާއުގެ ފުރަތަމަ އައްޑަނަ ކަމަށްވާ، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށްގެން،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙުމަދު ނާޡިމް
ނާޒިމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖޭގައި މީޑިއާ އާއި ތަޢުލީމީ ދާއިރާގެ ތަރައްގީއަށް އޮސްޓްރޭލިއާއިން ވެދެއްވާ ދެމެހެއްޓެނިވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުމަކީ، "ކޮމަންވެލްތުގެ މެންބަރުންގެ މެދުގައި އެއްބާރުލުމުގެ މޮޑެލެއް" ކަމަށްވެސް ނާޒިމް ވަނީ ސިފަކުރައްވާފައެވެ.
ސިޑްނީގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ބާއްވާފައިވާ 67 ވަނަ ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސްގައި 56 ގައުމެއްގެ މަންދޫބުންވަނީ، ފުޅާވަމުންދާ ޑިޖިޓަލް ލޭންޑްސްކޭޕްގައި ޑިމޮކްރެސީ ރައްކާތެރިކުރުމުގެ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ
ގުޅުން ހުރި ޙަބަރުތައް

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބުންނަށް ޢިނާޔަތް ދޭ ބިލް ފާސްކޮށްފި
10 ދުވަސް ކުރިން
(1).png&w=3840&q=75)
ރިޔާޒް، ގަޕޯއަށް: އެންމެ ފުރަތަމަ މަނިކުފާނު ނަމޫނާ ދައްކަވާ، ރިޓަޔަމަންޓް ނެންގެވުން ހުއްޓަލައްވާ!
13 ދުވަސް ކުރިން

ނުރައްކާތެރިކޮށް ދުއްވުން ޖިނާއީ ކުށަކަށްހަދާ، ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ބޮޑެތި އަދަބު
13 ދުވަސް ކުރިން

ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލް ފާސްކޮށްފި
13 ދުވަސް ކުރިން


