logo

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބަރުދަން ލުއިކުރާ ސާޖަރީ ފަށައިފި

profile

ޝަހްޒާ މުޙައްމަދު - 02 ޑިސެމްބަރު 2025 - 07:17

ބަރުދަން ލުއިކުރާ އޮޕަރޭޝަން 'ބެރިއަޓްރިކް ސާޖަރީ' އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފި އެވެ.

https://wamco.com.mv/

މިކަން އިފުތިތާހުކުރީ އެކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ބެރިއަޓްރިކް ސާޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތްކުރާ ގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް، އާދަޔާހިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި މި އޮޕެރޭޝަންގެ ޚިދުމަތް ފެށުމަކީ ބައެއް ބަލިތަކަށް ޒަމާންތަކެއް ވަންދެން ބޭސްކަމުން އަންނަ، މިނަށް ވުރެ ހަށިގަނޑުގެ ބަރުދަން މަތިވެފައި އުއްމީދެއް ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއްކަން ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުންޏެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay