
ވޯލްޑް އިލަވަން
މިއަހަރުގެ ފިފްޕްރޯ ވޯލްޑް އިލަވަންގައި ޕީއެސްޖީގެ ފަސް ކުޅުންތެރިން

ހަސަން ޝަމްއޫން - 04 ނޮވެމްބަރު 2025 - 19:12
2005 ވަނަ އަހަރުން ފެށިގެން ހޮވަމުން އަންނަ ފިފްޕްރޯ ވޯލްޑް އިލަވަންގެ މިއަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިން އިއުލާންކުރިއިރު އޭގެ ތެރޭގައި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީގެ ފަސް ކުޅުންތެރިއަކު ހިމެނިއްޖެއެވެ.
މިއަހަރުގެ ފިފްޕްރޯ ވޯލްޑް އިލަވަން ހޮވުމުގައި ދުނިޔޭގެ 68 ގައުމަކުން 26000 އަށް ވުރެ ގިނަ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިން ވޯޓު ލާފައިވެއެވެ. މިއެވޯޑަކީ ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެހެން އެވޯޑްތަކާއި ޚިލާފަށް ނޫސްވެރިންނާއި ކޯޗުން ނުވަތަ ސަޕޯޓަރުންގެ ބަދަލުގައި ހަމައެކަނި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިން ވޯޓުގެ ވޯޑުން ދެވޭ އެވޯޑެކެވެ.
މި ފަހަރުގެ މެންސް ވޯލްޑް 11 ގައި ޕީއެސްޖީގެ ފަސް ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ ރެއާލް މެޑްރިޑް އަދި ބާސެލޯނާ އިން ދެކުޅުންތެރިންނާއި ޗެލްސީ އަދި ލިވަޕޫލް މިއިން ކޮންމެ ޓީމަކުން އެއްކުޅުންތެރިންނެވެ.
އޭގެ ތެރޭގައި މިހާރު މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ކުރީގެ ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާގެ އިތުރުން ދެން ހިމެނެނީ އެޓީމުގެ ދެޑިފެންޑަރުން ކަމަށްވާ އަޝްރަފް ހަކީމީ އަދި ނޫނޯ މެންޑޭސް، މިޑްފީލްޑަރު ވިޓީނިއާ އަދި ފޯވާޑް އުސްމާން ޑެމްބެލޭ އެވެ.
މީގެ އިތުރުން ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް އާއި ފޯވާޑް ކިލިއަން އެމްބާޕޭ އަދި ބާސެލޯނާގެ ޕެޑްރީ އަދި ލަމީން ޔަމާލްގެ އިތުރުން މިޓީމުގައި ދެން ހިމެނުނީ ޗެލްސީގެ މިޑްފީލްޑަރު ކޯލް ޕާމާ އަދި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އެވެ. އަދި މިފަހަރުގެ ވޯލްޑް އިލަވަންގައި ނުހިމެނުނު އެންމެ ފާހަގަ ކޮއްލެވުނު ކުޅުންތެރިއަކީ މިދިޔަ ސީޒަނުގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ފޯވާޑް ރަފީނިއާ އެވެ.
ރަފީނިއާ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 68 މެޗުގައި 38 ލަނޑު ޖެހުމުގެ އިތުރުން އިތުރު 24 ލަނޑު ޖެހުމުގެ އިތުރުން ބާސެލޯނާއަށް ސްޕެނިޝް ލަލީގާ އަދި ކޮޕާޑެލަރޭގެ އިތުރުން ސްޕެނިޝް ސްޕަކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
7 މަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
7 މަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
6 މަސް ކުރިން

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އަލް ނަސްރު ޗެންޕިއަންސް ލީގުން ކަޓައިފި
6 މަސް ކުރިން


