logo

ފައިސާ ހޯދަން ސްކޭމް ހިންގާ މިންވަރު އިތުރުވެއްޖެ ސަމާލުވޭ !

profile

ރިޟްވާން މޫސާ - 10 މާރިޗު 2026 - 07:54

އެކިއެކި ނަންނަމުގައި ސްކޭޕްތައް ހިންގާ މިންވަރު އިތުރުވަމުންދާ ކަމަށާއި، ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފި އެވެ

https://wamco.com.mv/

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، މި ދުވަސްވަރު ފޭސްބުކްގައި ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ނަމަވެސް، އޭގެތެރޭގައި ގިނައީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޖަހާފައިވާ ޕޯސްޓުތައް ކަމަށް އެ ސެންޓަރުން ބުނެއެވެ.

ފުލުހުން ވަނީ، ސްކޭމަރުން ގެންގުޅޭ ބައެއް އުކުޅުތައް ކިޔައިދީފައެވެ. މިގޮތުން، އިންޓަނެޓާއި އެކި ވެބްސައިޓުތަކުން ފޮޓޯތައް ވަގަށް ނަގައިގެން، ބޮޑެތި ބަލިތަކުގެ ވާހަކަދައްކައިގެން މީހުންގެ ހަމްދަރުދީ ސްކޭމަރުން ހޯދައެވެ. އޭގެއިތުރަށް، ޕޯސްޓުގައި ދީފައިވާ ނަމްބަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދިނަސް، މެސެޖަށް ޖަވާބު ދިނުން ހިމެނެއެވެ.

ފުލުހުން ވަނީ ފޭސްބުކު ފަދަ ސޯޝަލް މީޑިޔާގެ ޕްލެޓް ފޯމު ތކުގައި މިފަދަ އެހީއަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން އެއީ ސައްޙަ ފަރާތެއްތޯ ޔަގީން ކުރެއްވުމަށް އެދިފަ އެވެ.

އެގޮތުން ދީފައިވާ ނަމްބަރަށް ގުޅައި ވާހަކަ ދެއްކުމާއި، ޕޯސްޓްކޮށްފައިވާ ފޮޓޯ ނުވަތަ ވީޑިއޯ ފަދަ ތަކެއްޗަކީ ސައްޙަ ތަކެތިތޯ ޔަގީން ކުރައްވައި މީ ނޫން ގޮތްގޮތުންވެސް ޔަގީން ކުރެވެން ހުންނަ މައުލޫމާތުތައް ޔަގީން ކުރެއްވުމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk