
ފަލަސްތީނުގެ ބިންތައް ޔަހޫދީންގެ މައްޗަށް ރަޖިސްޓްރީކުރަނީ

ރިޟްވާން މޫސާ - 16 ފެބްރުއަރީ 2026 - 14:09
ފަލަސްތީނުގެ ބިންތައް ޔަހޫދީ އިޒްރެއިލުންގެ މައްޗަށް ރަޖިސްޓްރީ ކުރުމަށް އިޒްރެއިލްގެ ސަރުކާރުން ނިންމައިފި އެވެ
މިއީ 1967ވަނަ އަހަރު ފަލަސްޠީނުގެ ބިންތައް ޔަހޫދީން އިސްތިއުމާރު ކުރި ފަހުން މި ފަދަ ގޮތަކަށް ފަލަސްޠީނުގެ ބިންތައް ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާ ފުރަތަމަ ފަހަރެވެ.
ޔަހޫދީ ސަރުކާރުގެ މި ނިންމުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އޭރިއާ ސީއަށެވެ. އޭރިއާ އޭއަކީ ފަލަސްޠީނުގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ. އޭރިއާ ބީއަކީ ފަލަސްޠީނުގެ މަދަނީ ބާރު އަދި ޔަހޫދީންގެ ސަލާމަތީ ބާރު ހިނގާ ސަރަޙައްދެކެވެ.
ފަލަސްޠީނުގެ ބިންތަކުގެ ބޮޑު ސަރަޙައްދަކީ ރަޖިސްޓްރީކޮށްފައިވާ ސަރަޙައްދުތަކެއް ނޫނެވެ. ފަލަސްޠީނުގެ ބިން ރަޖިސްޓްރީ ކުރުމަކީ ދިގު އަދި އުނދަގޫ މަރުހަލާތަކެއް ހިމެނޭ ކަމެކެވެ. 1967ވަނަ އަހަރުން ފެށިގެން ޔަހޫދީން ވަނީ އެ މަސައްކަތް ހުއްޓާލައިފައެވެ.
ޔަހޫދީންގެ ނިންމުމަކީ ފަލަސްޠީނުގެ މައްސަލަ އިތުރަށް ގޯސްކުރާ ނިންމުމެއްގެ ގޮތުގައި ފަލަސްޠީނުގެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ. އަދި އެ ނިންމުން މީގެ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ޚިލާފުވާ ކަމަށާއި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ވެސް ޚިލާފުވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވެސް ވަނީ ޔަހޫދީންގެ ނިންމުން ކުށްވެރިކޮށްފައެވެ. ޙަމާސުން ބުނީ އެއީ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ކުރާ މަސައްކަތެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
10 ގަޑިއިރު ކުރިން

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
21 ގަޑިއިރު ކުރިން

އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް
21 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ މައްސަލަޖެހޭނެ ކަމެއް ނޫން: ޑރ ޙަލީލް
21 ގަޑިއިރު ކުރިން


.gif&w=3840&q=75)