
ވީ އެންމެ ބޮޑަކަށް އީރާނަށް ފިއްތުންތައް ކުރިމަތި ކުރަން އެމެރިކާއިން ނިންމައިފި

ރިޟްވާން މޫސާ - 16 ފެބްރުއަރީ 2026 - 13:47
ވީ އެންމެ ބޮޑަކަށް އީރާނަށް ފިއްތުންތައް ކުރިމަތި ކުރަން އެމެރިކާއިން ނިންމައިފި އެވެ.
އެމެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތި ކުރުމަށް ނިންމާފައިވާއިރު އެމެރިކާއިން ދަނީ މީގެ ކުރިންވެސް އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރާވައި އީރާނަށް ހަމަލާދޭނެ މަގުތަކެއް ބަލަމުން ކަމަށް ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓް ތައް ބުނެ އެވެ.
އީރާނާއި އެމެރިކާގެ ސުލްހައިގެ މަޝްވަރާތަކެއް ފާއިތުވީ ހަފްތާގައި އޮމާނުގައި ބާއްވާފައިވާއިރު ދެ ގައުމުންވެސް ބައްދަލުވުންތައް ނިންމާލުމަށްފަހު ބުނެފައިވަނީ މަޝްވަރާތައް ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރި ގޮތަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެގައުމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އީރތާނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު މި ކަމަށް އެއްބައިވެ އީރާނަށް ފިއްތުންތައް ކުރިމަތި ކުރަން ޔަހޫދީ އިޒްރެއިލުން ވެސް ވަނީ ނިންމާށފަ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕްއާއި ނަތަންޔާހޫ ވަނީ އީރާނަށް އިޤްތިޞާދީ ގޮތުން ދަތި ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައެވެ. އެ މަސައްކަތަށް ބާރު ދެނީ ޓްރަމްޕް ސޮއިކޮށް ނެރުއްވާފައިވާ ޢަމުރެކެވެ.
އެ ޢަމުރުގެ ދަށުން އީރާނާއެކު ވިޔަފާރިކުރާ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގާނެއެވެ. އެ ނިންމުމުގެ ސަބަބުން އީރާނާއެކު ވިޔަފާރިކުރާ ޗައިނާ ފަދަ ޤައުމުތަކަށް އަސަރުކުރާނެއެވެ. އީރާނުން އުފައްދާ ތެލުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއް ގަންނަނީ ޗައިނާއިންނެވެ.
އީރާނަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް އެމެރިކާއާއި ޔަހޫދީން އެއްބަސްވާ ނަމަވެސް ދުރު ރާސްތާގައި ޢަމަލުކުރާނެ ގޮތަކަމެދު ދެ ފަރާތުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ޓްރަމްޕް ވަނީ އީރާނާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމަށް ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި
9 ގަޑިއިރު ކުރިން

އެމެރިކާ އާއި އިޒުރޭލުން އަމިއްލަ މަހާނަ ކޮންނަނީބާ؟
19 ގަޑިއިރު ކުރިން

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި
20 ގަޑިއިރު ކުރިން

އެލައިޑް ހެލްތު ޕްރޮފެޝަނަލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް
20 ގަޑިއިރު ކުރިން


.gif&w=3840&q=75)