logo
އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ބަލާލުމަށް ގޮސްތިބި ބައެއް މީހުން: ފޮޓޯ މުހައްމަދު ފަޒީން / ފ.ފީއަލި

އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ބަލާލުމަށް ގޮސްތިބި ބައެއް މީހުން: ފޮޓޯ މުހައްމަދު ފަޒީން / ފ.ފީއަލި

އަލިފާނުގެ ހާދިސާގައި އެއްކޮށް އަނދައި ހުލިވެފައިވާ އައިސްޕްލާންޓްގެ އެއްވެސް މުއައްޒަފެއްގެ ވަޒީފާއެއް ނުގެއްލޭނެ: މިފްކޯ

profile

ރިޟްވާން މޫސާ - 11 އޭޕްރީލު 2026 - 10:17

ފ.ފީއަލީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެރަށުގައި ގާއިމުކޮށްފައިވާ މިފްކޯގެ އައިސްޕްލާންޓް އެއްކޮށް އަދައި ހުލިވެފައިވާއިރު އެތަނުގެ އެއްވެސް މުއައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް މިފްކޯ އިން ބުނެފި އެވެ

https://wamco.com.mv/

ފީއަލީ އައިސް ޕްލާންޓުގައި ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކުން "އަސްލު" އަށް މައުލޫމާތުދެއްވަމުން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އައިސްޕްލާންޓުގެ މަސައްކަތް މިވަގުތު ހުއްޓިފައިވުމުން ކުންފުނީގެ ފަރާތުން އެ މުއައްޒަފުންނަށް ގުޅި ކަމަށާއި، އެއްވެސް ފަރާތެއްގެ ވަޒީފާ މި ކަމާއި ގުޅިގެން ނުގެއްލޭނެ ކަމަށް ކުންފުނިން ބުނެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މިމަހުގެ 9 ވަނަ ދުވަހުގަ އެވެ.

ފީއަލީ މީހަކު "އަސްލު" އަށް ކިޔައިދިން ގޮތުގައި މި ހާދިސާ އަކީ ދޯއްޏެއްގައި ރޯވި އަލިފާންގަނޑު ކައިރީގައި އޮތް ތިން ދޯއްޏެއްގައި ހިފައި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އެރަށު ބަދަރުމަތީގައި ހުރި އައިސް ޕްލާންގައި ރޯވެ މުޅި އެ އިމާރާތް ވެސް ވަނީ އަދައި ހުލިވެފަ އެވެ.

undefinedއަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ބަލާލުމަށް ގޮސްތިބި ބައެއް މީހުން: ފޮޓޯ މުހައްމަދު ފަޒީން / ފ.ފީއަލި

ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އުޅުނު މީހަކު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މިވަގުތު އެމީހާގެ ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާދޭން ވެސް ވަނީ ފަށާފަ އެވެ.

މި ހާދިސާ ގައި އަލިފާން ނިއްވާލުމަށް ފީއަލީގެ ގިނަ އަދަދެއްގެ ރައްޔިތުން ހަރަކާތްތެރިވެފައިވާއިރު ފުލުހުން ނާއި ސިފައިން ވެސް ވަނީ އަލިފާން ގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

މި ހާދިސާގައި ދެމީހަކަށް އަނިޔާވެގެން ފަރުވާދީފައި ވާއިރު އެކަކު ނިސްބަތް ވަނީ ބަންގުލަދޭޝް އަށެވެ. އަނެއް މީހާ ނިސްބަތްވެފައި ވަނީ ފ. ފީއަލި އަށެވެ.

undefinedދޯނީގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯން ކުރުމަށް އެރަށު ބައެއް މީހުން މަސައްކަތްކުރަނީ: ފޮޓޯ / މުހައްމަދު ފަޒީން / ފ.ފީއަލި

އަނިޔާވި ބަނގުލަދޭޝް މީހާ ވަނީ 80 ޕަސެންޓް ފިހިފައި ކަމަށް "އަސްލު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ މީހާ އަށް މިވަގުތު ދަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ކަމަށާއި، އެމީހާގެ ހާލު ގޯސް ވަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ދާދި ފަހަކުން ވަނީ އދ. ދަނގެތީގައި ވެސް އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި ބަނދުލަދޭޝް އަށް ނިސްބަތްވާ 5 މީހަކު ނިޔާވެފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk