
ބަންކަރިންގެ ހިދުމަތުން ދައުލަތަށް 514 މިލިއަން ރުފިޔާ ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 27 މާރިޗު 2026 - 11:40
މިހާތަނަށް 514 މިލިޔަން ރުފިޔާގެ އާމްދަނީއެއް ބަންކަރިންގ ގެ ހިދުމަތް މެދުވެރިކޮށް ދައުލަތަށް ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ހއ އަތޮޅުގައި ފެށި ބަންކަރިންގ ގެ މަޝްރޫއަކީ ދިވެހިރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނުވައި، ގައުމަށް ބޮޑު އާމްދަނީއެއް ހޯދައިދޭނެ ކަމަށް އަންދާޒާކުރެވުނު ބޮޑު މަޝްރޫއެކެވެ.
މަޝްރޫއު ފެށިއިރު އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވުނެވެ.
ބަންކަރިންގ ގެ ހިދުމަތް ރާއްޖޭގައި ދިނުމަށް އެސްޓީއޯއިން ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
2024 ވަނަ އަހަރު އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ބަންކަރިންގެ ހިދުމަތުން 514 މިލިޔަން ރުފިޔާ އާމްދަނީއެއްގެ ގޮތުގައި ލިބިފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 47 މިލިޔަން ރުފިޔާ ދައުލަތަށް ބަންކަރިންގ މެދުވެރިކޮށް ދައްކާފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯ އިން ބަންކަރިންގ މެދުވެރިކޮށް 514 މިލިއަން ރުފިޔާ މިހާތަނަށް ދައުލަތަށް ލިބިފައިވާއިރު، ހުސްވި ހަފްތާގެ ތެރޭގައި އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ބަންކަރިންގ މެދުވެރިކޮށް ރާއްޖެެއަށް ބޮޑު އާމްދަނީ އެއް ލިބެމުންދާ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ މިހާރު ބޭނުންކުރާ ހިދުމަތަކީ އޮފް ޝޯ ބަންކަރިންގ ކަމަށެވެ. ނަމަވެސް ދާދި އަވަހަށް ޓޭންކްތައް ރަށްރަށުގައި އެއްގަމުގައި ބަހައްޓައިގެން ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ ޙިދުމަތަށް 93 އަހަރު!
7 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމް މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި
7 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި
7 ގަޑިއިރު ކުރިން

ފިޔޯރީގައި ގެނބިގެން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)