
ފޮޓޯ: އެމްއެންޔޫ
ރާއްޖޭގައި ކިޔަވާ ހައިއެޗީވާސް ސްކޮލަޝިޕް ދަރިވަރުންނަށް އިތުރު އެލަވަންސެއް

މުހައްމަދު މުޝްރިފް - 30 މާރިޗު 2026 - 14:22
ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް، މިހާރު ދެމުންދާ ސްޓައިޕެންޑުގެ އިތުރަށް މަހަކު 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން "ހައި އެޗީވަރސް ސްކޮލަރޝިޕް" އަދި "ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް" ދިނުމުގެ އުސޫލަށް ގެނައި އިޞްލާޙުތަކާ ގުޅޭގޮތުންނެވެ. މި ބަދަލާ ގުޅޭގޮތުން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އިތުރު އެލަވަންސެއް ދޭން ނިންމީ މަތީ ނަތީޖާ ހޯދާ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
އައު އުސޫލުގައިވާ ގޮތުން، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭނީ އޭލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނެއްގައި، އެސްއެސްސީގެ ދިވެހި އަދި އިސްލާމް ހިމެނޭހެން ޖުމްލަ 5 މާއްދާގެ ތެރެއިން އެއް މާއްދާއިން 'އޭ ސްޓަރ' އަދި ބާކީ 4 މާއްދާއިން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށެވެ. މީގެ އިތުރުން އިނގިރޭސި މާއްދާއިން އޯލެވެލް ފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 'ސީ' ފާހެއް އޮންނަންވާނެއެވެ. ޝަހާދާ ސާނަވިއްޔާ ނިންމާ ދަރިވަރުންނަށްވެސް މިފަދަ މިންގަނޑަކުން ސްކޮލަރޝިޕް ކަނޑައަޅާފައިވެއެވެ.
މީގެ ކުރިން މި ސްކޮލަރޝިޕް ލިބެނީ ދިވެހި، އިސްލާމް ހިމެނޭހެން 5 މާއްދާއިން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސްކޮލަރޝިޕާ ގުޅޭގޮތުން އުސޫލުގައި ބަޔާންކޮށްފައިވަނީ، ދަރިވަރުން ކިޔަވަންވާނީ ރާއްޖޭގެ 'ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް' ލިސްޓުގައި ހިމެނޭ ދާއިރާތަކުން ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެކުދިން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ އިސްތިސްނާ ފުރުޞަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔަވާ ދަރިވަރުން ކިޔެވުން ނިންމުމަށްފަހު 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަންޖެހެއެވެ. އަދި ޚިދުމަތް ނުކުރާ ފަރާތްތަކުން، ސްކޮލަރޝިޕަށް ސަރުކާރުން ކުރި ޚަރަދު އަނބުރާ ދައްކަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މި ސަރުކާރުގެ ހައުސިން މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދު ތެރޭ ނިމޭނެ : ރައީސް
2 ގަޑިއިރު ކުރިން

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން 3މީހަކު ހައްޔަރު ކޮަށްފި
8 ގަޑިއިރު ކުރިން

މެމްބަރުންގެ ރިކޯލް ވޯޓެއް ނެގުމުގެ ފުރުސަތު ދިނުމަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެންދާނެ ކަމެއް: ރައީސް
10 ގަޑިއިރު ކުރިން
ހުޅުމާލޭ ފޭސް 1 ގައި "ސްޕޯޓްސް ޕާކް" ގެ މަސައްކަތް ފަށައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)